އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
އެއަރ ކޮންޑިޝަން ހޯދުމަށް ބޭނުންވެއްޖެ

އެއަރ ކޮންޑިޝަން ހޯދުމަށް ބޭނުންވެއްޖެ

އިޢުލާނު

މި ކޮމިޝަނުގެ އިދާރާއަށް ބޭނުންވާ އެއަރ ކޮންޑިޝަން ހޯދުމަށް ކުރި އިޢުލާނު ނަންބަރު: 95(A)AB-2016/ އާ ގުޅިގެން ދީފައިވާ މަޢުލޫމާތު ފުރިހަމަނުވާތީ، އެ އިޢުލާނު ބާޠިލުކޮށް އެ ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

19 ސެޕްޓެންބަރު 2016

ހޯމަ

11:00

އަންދާސީހިސާބު ހުށަހެޅުން

22 ސެޕްޓެންބަރު 2016

ބުރާސްފަތި

11:00

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3004428 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ  [email protected] އަށެވެ.

06 ޛުލްޙިއްޖާ 1437

07 ސެޕްޓެންބަރު 2016
ހޯދާ