ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އޮފިސަރ

މަޤާމް :އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާން

ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ. 

މަޤާމު:   އޮފިސަރ ގރ. 1

އަދަދު:   1

މުސާރަ:  މަހަކު -/4350 ރުފިޔާ

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު (1 އަހަރު)

މަސައްކަތް ކުރަންޖެހޭ ތަން: ހިއުމަން ރިސޯސް ޑިޕާޓްމަންޓް / ހެޑް އޮފީސް

އެހެނިހެން ޢިނާޔަތްތައް:

- އިތުރު އެލަވަންސް: މަހަކު -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ގާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- ޕެންޝަން

- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމުގެ މަސްއޫލިއްޔަތު:

- ރެކްރޫޓްމަންޓާ ގުޅިގެން ކުރަންޖެހޭ އެންމެހައި ކަންތައް ކުރުން

- މުވައްްޒަފުންގެ ވަޒީފާ އެއްބަސްވުމާއި ކޮންޓްރެކްޓްތައް ތައްޔާރުކުރުން

- މުވައްޒަފުންނަށް އޮރިއެންޓޭޝަން ދިނުމުގައި އެހީތެރިވުން

- އެޗް އާރް ޑިޕާޓްމަންޓުގެ އެހެނިހެން މަސައްކަތުގައި އެހީތެރިވުން

ތަޢުލީމާއި ތަޖުރިބާ:

- ޖީ.ސީ.އީ. އޯލެވެލް 2 މާއްދާއިން ފާސްވެފައިވުމާއެކު ދިވެހި މާއްދާއިން "ސީ" ފާސް ނުވަތަ އެއަށް ވުރު މަތީ ފާހެއް ލިބިފައިވުން

- މައިކްރޯސޮފްޓް އޮފީސް އެޕްލިކޭޝަން ބޭނުންކުރަން އެނގުން

- މަޤާމާ ގުޅޭދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 20 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކަށާއި މަސައްކަތުގެ ތަޖުރިބާއާއި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް

  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345

  • ފޯން:33344333، 3344273 ފެކުސް:3344341 ވެބްސައިޓު: www.sto.mv

  • އީމެއިލް: [email protected]

06 ސެޕްޓެންބަރު 2016
ހޯދާ