މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބޭހާބެހޭ ގަވާއިދުގެ ދަށުން ރާއްޖެއަށް ޑޮކްޓަރީބޭސް އެތެރެކުރެވޭނީ މި އޮތޯރީޓީއިން ހުއްދަ ލިބި އަދި ރަޖިސްޓަރީވެފައިވާ ބޭސްގުދަނެއް ހުންނަ ފަރާތްތަކަށް ކަމަށް ދެންނެވުން

އިޢުލާން

ބޭހާބެހޭ ގަވާއިދު (ނަންބަރު 2014/R-46) ގެ 06.1 ވަނަ މާއްދާގެ ދަށުން ރާއްޖެއަށް ޑޮކްޓަރީބޭސް އެތެރެކުރެވޭނީ މި އޮތޯރީޓީން ހުއްދަ ލިބިގެން އަދި ރަޖިސްޓަރީވެފައިވާ ބޭސްގުދަނެއް ހުންނަ ފަރާތްތަކަށެވެ. އަދި މިކަން ވާނީ މީގެ ކުރިންވެސް އިޢުލާން ނަންބަރު: 182/MTG/2014/23 (18 ނޮވެންބަރު 2014) އިން އާންމުކޮށް އަންގައި އިޢުލާން ކޮށްފައެވެ. ނަމަވެސް، ބޭހުގެ ގޮތުގައި ކެޓަގަރީ ކުރެވޭ ބައެއް ޕްރޮޑަކްޓުތައް އާންމު ފިހާރަތަކާއި ސްޕާތަކާއި، ސެލޫންތަކުން އަދިވެސް އެތެރެކޮށް ވިއްކަމުން ގެންދާކަން މި އޮތޯރިޓީއަށް ދަނީ ފާހަގަ ކުރެވެމުންނެވެ.

ވީމާ، "ބޭސް އިމްޕޯޓްކުރުމުގެ ހުއްދަ" ނެތި އެއްވެސް ފަރާތަކުން ބޭސް އިމްޕޯރޓްކޮށް ވިއްކުމަކީ މަނާ ކަމެއްކަން އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3014316 ފޯނާ ގުޅުއްވުން އެދެމެވެ. 

06 ސެޕްޓެންބަރު 2016
ހޯދާ