ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ލޭބަރަރ

މަޤާމް :ލޭބަރަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު

ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމު:   ލޭބަރަރ ގރ.1

އަދަދު:   1

މުސާރަ:  މަހަކު -/3240ރ

ވަޒީފާގެ ބާވަތް: ކޮންޓުރެކްޓު (1 އަހަރު)

މަސައްކަތް ކުރަންޖެހޭތަން:  އެސްޓީއޯ ގދ. ތިނަދޫ ފިހާރަ – ރީޖަނަލް ސޭލްސް

އެހެނިހެން ޢިނާޔަތްތައް:

- އިތުރު އެލަވަންސް: މަހަކު -/1350ރ އާއި -/2400ރ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

- އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

- ޕެންޝަން

- ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެއެވެ.

- މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

 މަޤާމުގެ މަސްޢޫލިއްޔަތު:

* ޑެލިވަރީ ޓީމަށް އެހީތެރިވުން

* ފިހާރަ އެތެރެ އަދި ބޭރު ފޮޅައި ސާފުކުރުން

* ވޮޗަރެއް ނެތް ވަގުތެއްގައި އެ ޑިއުޓީ އަދާކުރުން

ތަޢުލީމާއި ތަޖުރިބާ:

- ގުރޭޑު 7 ގެ ފެންވަރު ހުރުން ނުވަތަ ލިޔަންކިޔަން އެނގުން.

- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.

- މަޤާމާގުޅޭ ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑު އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑު ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓު:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓު ލިސްޓު ކުރެވޭ ފަރާތްތަކަށެވެ.

މި މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކުސް ލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓު / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑުރެސް:

  • ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑު އޮފީސް

  • ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ – 20345

  • ފޯން:33344333، 3344273 ފެކުސް:3344341 ވެބްސައިޓު: www.sto.mv

  • އީމެއިލް: [email protected] 

06 ސެޕްޓެންބަރު 2016
ހޯދާ