މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ޤާނޫނީ ވަކީލަކު ބޭނުންވެއްޖެ

މިނިސްޓްރީގެ ތިރީގައި މިދަންނަވާ މަސައްކަތްކުރުމަށް ކޮންސަލްޓަންޓެއް ބޭނުންވެގެން ކުރި މިނިސްޓްރީގެ ނަންބަރު IUL)25-A5/25/2016/7) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު ވަނީ އިތުރުކުރެވިފައެވެ.

މުސާރަ: މަހަކު -/10,000 ރުފިޔާއާއި -/15,000 ރުފިޔާއާ ދެމެދު

ނަން: ޤާނޫނީ ވަކީލު

ބޭނުންވާ އަދަދު: 1

މުއްދަތު : 1 އަހަރުދުވަސް

  1. ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މައިގަނޑު މުޢާހަދާތަކާ ގުޅިގެން ދައުލަތުން ހުށަހަޅަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވުމާއި ސުޕަވައިޒްކުރުން 
  2. ބައިނަލްއަޤްވާމީ މުޖުތަމަޢާއި ދިވެހިރާއްޖެއާ ގުޅޭ ޤާނޫނީ މައްސަލަތައް ދިރާސާކުރުމާއި އެފަދަ މައްސަލަތަކާ ގުޅޭ ރިޕޯޓު، ބްރީފް، ޕޮޒިޝަންޕޭޕަރ އަދި ސްޓޭޓްމަންޓް ތައްޔާރުކުރުމުގައި އެހީތެރިވުން.
  3. ބައިނަލްއަޤްވާމީ މައްސަލަތަކާ ބެހޭ ކަރުދާސް ތައްޔާރުކޮށް އަދި އަހަރަށް ކަނޑައެޅިފައިހުންނަ ބައިނަލްއަޤްވާމީ ޖަލްސާތަކަށް ސެކްޝަނުން ތައްޔާރުކުރަންޖެހޭ މަޢުލޫމާތު ކަރުދާސް ތައްޔާރުކުރުމުގައި އެހީތެރިވުމާއި ސުޕަވައިޒްކުރުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  • ޤާނޫނީ ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.

ޝަރުޠު (ތަޢުލީމާއި ތަޖުރިބާ)

ވީމާ، މި މަޤާމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2016 ސެޕްޓެންބަރު 27 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީ އޮފް ފޮރިން އެފެއާޒަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީފޮނުއްވާއިރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ވަނަވަރު އަދި ވަނަވަރުގައިވާ މަޢުލޫމާތަށް ބާރުދޭ ހުރިހާ ލިޔުންތަކުގެ ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

06 ސެޕްޓެންބަރު 2016
ހޯދާ