މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސިސްޓަންޓް ޑިރެކްޓަރ، ޕްރޮޖެކްޓް މެނޭޖްމަންޓް

 

އިޢުލާން

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސިސްޓަންޓް ޑިރެކްޓަރ، ޕްރޮޖެކްޓް މެނޭޖްމަންޓް

މަޤާމުގެ ރޭންކް:

އެމް. އެސް. 3   

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

މުސާރަ:

މަހަކު -/7,035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

2,462/25 ރުފިޔާ

އިތުރުގަޑީގެ ފައިސާ:

އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ވަޒިފާ އަދާކުރަންޖެހޭ އޮފީސް،ސެކްޝަން، ރަށް:

ވޯޓަރ އެންޑް ސެނިޓޭޝަން ޑިޕާޓްމަންޓް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ، މާލެ

ބޭނުންވާ އަދަދު

1 (އެކެއް)

ޝަރުޠު

  1. ސައިންސް ނުވަތަ ބިޒްނަސްމެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިންސް ނުވަތަ ބިޒްނަސްމެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. ސައިންސް ނުވަތަ ބިޒްނަސްމެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ސައިންސް ނުވަތަ ބިޒްނަސްމެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  3. ސައިންސް ނުވަތަ ބިޒްނަސްމެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ހާސިލުކޮށްފައިވުމާއެކު، ސައިންސް ނުވަތަ ބިޒްނަސްމެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  4. ސައިންސް ނުވަތަ ބިޒްނަސްމެނޭޖްމަންޓްގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
  5. ސައިންސް ނުވަތަ ބިޒްނަސްމެނޭޖްމަންޓްގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށް ވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ސަރުކާރުގެ ސިޔާސަތާއި އެއްގޮތްވާ ގޮތުގެމަތިން ފެނާއި ނަރުދަމާ ނިޒާމްގެ ޕްލޭންތައް ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކަނޑައެޅިފައިވާ ގޮތުގެ މަތިން ކުރުން. އަދި އިސްވެ ހުންނެވި ވެރިޔަކު ޗުއްޓީ ނަންގަވައިފިނަމަ ސެކްޝަނާއި ހަވާލުވެ މަސައްކަތް ކުރުން. 

2. ސަރުކާރުގެ ސިޔާސަތުތަކާއި ލަނޑުދަނޑިތައް ޙާސިލް ކުރެވޭނޭ ގޮތަށް ފެނާއި ނަރުދަމާ ނިޒާމާއި ގުޅުންހުރި އެންމެހާ ޕޮލިސީތައް އެކުލަވާލުމުގައި ބޭނުންވާ އެހީތެރިކަންދީ އަމަލީ ގޮތުން އެކަންކަމުގައި ބައިވެރިވުން. އަދި  މި ކަމާބެހޭ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުވައި ޕްލިސީތައް އެކުލަވާލުން.

3. ރާއްޖޭގެ ރަށްރަށުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ތަރައްގީ ކުރުމަށް ބޭނުންވާ ބޭރުގެ ލޯނު އެހީއާއި އެހެނިހެން ޖަމާއަތްތަކުން ބޭނުންވާ އެހީތެތިކަން ހޯދުމަށް ބޭނުންވާ ޕްލޭންތަން އެކުލަވައިލުން، މިގޮތުން އެފަދަ އެހީތައް ލިބޭނެ މަގުތައް ތަނަވަސްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.

4. ރާއްޖޭގެ ރަށްތަކުގެ ތެރެއިން ފެނާއި ނަރުދަމާ ޚިދުމަތް އެންމެ ބޮޑަށް ބޭނުންވެފައިވާ ރަށްތައް ކަނޑައެޅުމަށްޓަކައި އެކަމަށް ބޭނުންވާ އެންމެހައި މަޢުލޫމާތުއެއްކޮށް ކަމާ ބެހޭ ފަރާތްތައްކަށް ދުވަހުން ދުވަހަށް ފޯރުކޮށް ދިނުން.

5. ރަށްރަށުގައި ޤާއިމުކުރެވޭ ފެނާއި ނަރުދަމާއާ ގުޅޭ ޤާނޫނުތަކާއި ސްޓޭންޑަރޑްސް އަދި ރެގިއުލޭޝަންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތުތައް އެއްކޮށް ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުން. އަދި ޤާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމަށްޓަކައި ކަނޑައެޅިފައިވާ މުއްދަތުގައި ކަމާބެހޭ ފަރާތްތަކުން ބޭނުންވާ ހުއްދަ ހޯދުން.

6. ފެނާއި ނަރުދަމާގެ ސެކްޓަރއަށް އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުގެ މެދުގައި ވިޔަފާރިއާއި ރައްޓެހި މާހައުލެއް ޤާއިމުކުރުމަށްޓަކައި އެސެސްމަންޓެއް އެކުލަވައިލައި ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުން. އަދި ސެކްޓަރުގައި މިކަން ތަންފީޒް ކުރުމަށް ބޭނުންވާ ހުއްދަ ކަމާ ބެހޭ ފަރާތްތަކުން ހޯދުން.

7. ރަށްރަށުގައި ޤާއިމުކުރެވޭ ފެނާއި ނަރުދަމާގެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމުގައި އިޔާދަ ކުރަނިވި ހަކަތަ ބޭނުންކުރުމާ ގުޅޭ ސިޔާސަތެއް ޤާއިމުކުރުން. އަދި މިކަމާގުޅޭ އެންމެހައި މަޢުލޫމާތު ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް ދިނުން.

8. މެންޑޭޓްގައި ކަނޑައެޅިފައިވާ ކަންތައްތައް ހާސިލުކުރުމަށްޓަކައި ޑަބްލިޔު.އެޗް.އޯ ޔުނިސެފް ފަދަ ބޭރުގެ އެހީދޭ ޖަމާއަތްތަކާ ގުޅިގެން ސެކްޓަރ ޕްރޮގްރާމުތަކާއި އެކްޓިވިޓީތައް ފުރިހަމަކުރުމަށް ބޭނުންވާ ފައިސާ ހޯދުމަށް ސެކްޓަރ ވާރކް ޕްލޭންގައި ހިމަނައި އެ ފަރާތްތަކާއި ގުޅިގެން އެކަންކަން ރާވައި ކުރިއަށް ގެންދިޔުން.

9. ރަށްރަށުގައި ކުރިއަށް ގެންދެވޭ ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް މޮނިޓަރ ކުރުމަށް ކަނޑައެޅިފައިވާ މުވައްޒަފު ލައްވައި ގަވާއިދުން އެކަން ކުރުން. އަދި މުވައްޒަފަށް ބޭނުންވާ ލަފައާއި އިރުޝާދު ދުވަހުން ދުވަހަށް ދިނުން. މީގެ އިތުރުން މިކަމާ ގުޅޭ އެންމެހައި މަޢުލޫމާތު ބޭނުންވެއްޖެ ހިނދެއްގައި ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށް ދިނުން.

10. ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ ފެނާއި ނަރުދަމާއާ ބެހޭ ސެމިނަރއާއި ޖަލްސާ ފަދަ ކަންކަމުގައި ބައިވެރިވެ ތައްޔާރު ކުރަންޖެހޭ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ދުވަހުން ދުވަހަށް ފޮނުވުން.

11. ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ގުޅިގެން ދުވަހުން ދުވަހަށް އަންނަ ސިޓީ، ރިޕޯޓް އަދި އެހެނިހެން ލިޔެކިޔުންތައް ބަލައި، އެ ލިޔެކިޔުންތަކަށް ދޭންޖެހޭ ޖަވާބެއް ނިންމައި ސެކްޝަންގެ މުވައްޒަފުންނާ ދުވަހުން ދުވަހަށް މަސައްކަތް ހަވާލުކުރުން. މީގެ އިތުރުން ރަށްތަކުން ފޮނުވާ ޝަކުވާގެ ސިޓީތައް ބަލައި ޑިޕާޓްމަންޓްގެ އިސްވެރިޔާގެ ލަފާގެ މަތިން މައްސަލަ ހައްލު ކުރުން.

12.  އެއް އަހަރުން އަނެއް އަހަރަށް ތައްޔާރުކުރަންޖެހޭ ބަޖެޓާއި އަހަރީ ރިޕޯޓު ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް އެކަން ކުރުމަށް ހަވާލުވެފައިވާ މުވައްޒަފާއި ކަނޑައެޅިފައިވާ ދުވަހަށް ހަވާލު ކުރުން. އަދި ބަޖެޓާއި އަހަރީ ރިޕޯޓު ފައިނަލްކުރުމުގައި ބޭނުންވާ ލަފައާއި އިރުޝާދު މަސައްކަތް ކުރައްވާ މުވައްޒަފަށް ދުވަހުން ދުވަހަށް ދިނުން.

13. ދުވަހުން ދުވަހަށް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ބަލައި، ސުޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ ޕާރފޯމަންސް ބެލުމަށްޓަކައި އަހަރަކު 3 ފަހަރު ސްޕަވައިޒް ކުރެއްވުމާއި، ސުޕަވައިޒް ކުރާ މުވައްޒަފުންގެ "ވާރކްލޯޑް" ގަވާއިދުން ބެއްލެވުމާއި، ކުރެވޭ މަސައްކަތްތަކާ ގުޅިގެން ދޭންޖެހޭ ލީޑަރޝިޕް، ގައިޑެންސް މުވައްޒަފުންނަށް ދިނުމާއި މުވައްޒަފުންނަށް، ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް މަގުފަހިކޮށްދިނުމާއި، ދިމާވާ ފަންނީ އަދި އެހެނިހެން މަސްއަލަތައް ޙައްލުކުރުމުގައި އެހީތެރިވެ ދިނުން. އަދި ރަނގަޅު ކުރަންޖެހޭ ކަންކަން މުވައްޒަފުންނަށް އަންގާ މިކަމާ ގުޅޭ މަޢުލޫމާތު ޑިޕާޓްމަންޓްގެ އިސްވެރިޔާއަށް ދުވަހުން ދުވަހަށް ދިނުން.

14. ކަނޑައެޅިފައިވާ ގޮތުގެ މަތިން ޔުނިޓުގެ ސްޓާފް މީޓިންގ ބާއްވާ ކޮންމެ އަހަރަކަށް ސެކްޓަރުން ތައްޔާރު ކުރެވޭ ވާރކް ޕްލޭނުގައި ހިމެނިފައިވާ ހަރަކާތްތައް ހިނގާ ނުހިނގާގޮތް ގަވާއިދުން މޮނިޓަރކޮށް މަހަކު އެއްފަހަރު ޑިޕާޓްމަންޓުގެ އިސްވެރިޔާއަށް ރިޕޯޓު ހުށަހެޅުން. އަދި އިޞްލާޙު ކުރަންޖެހޭ ކަމެއް އޮތްނަމަ އިސްވެރިޔާގެ ލަފާގެ މަތިން އިޞްލާޙީ ފިޔަވަޅު އެޅުން.

15. މީގެ އިތުރުން ޔުނިޓުން ކުރިއަށް ގެންދާ މަޝްރޫޢުތަކާ ބެހޭ އެހެނިހެން މަސައްކަތްތައް ވެސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމާ ޒިންމާދާރު ގޮތެއްގައި އެކަންކަން ކުރުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ސަރުކާރުގެ މުދަލާއި ފައިސާގެ ކަންތައްތައް ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައިވުން.
  2. ޕްރޮޖެކްޓްތަކުގައި މަސައްކަތް ކޮށްފައިވާ މިންވަރު.
  3. ވަޒީފާއާބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.
  4. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައި ވުން.

ހުށަހަޅަންޖެހޭ ތަކެތި:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަގާމަށް ކުރިމަތިލާއިރު، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އެ އިދާރާއަކުން އިޢުތިރާޒު ނުކުރާކަމުގެ ލިޔުން.

  • ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

  • ސިވިލް ސަރވިސްގެ މުވައްޒަފުންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައް ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައްވެސް (އެކްރެޑިޓް ކޮށްފައި ނުވި ނަމަވެސް) ސިވިލް ސަރވިސްގެ މަގާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެއެވެ. 

  • މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމާއި ތަމްރީނަށް ބަލައި 10 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

ސުންގަޑި:  

2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއަށް.

އިންޓަރވިއު:

އިންޓަރވިއުއާއި އިމްތިޙާން ކުރުން 25 ސެޕްޓެންބަރު 2016 އާއި 20 އޮކްޓޫބަރު 2016 އާ ދެމެދުގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

03 ޛުލްޙިއްޖާ 1437   

 

 

05 ސެޕްޓެންބަރު 2016
ހޯދާ