ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ހުޅުމާލެ ފިހާރައަށް ގެންނަ މުދާ ޕޯޓުން ކްލިއަރ ކުރުމާއި އަދި ގުދަން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

އެސް.ޓީ.އޯ ހުޅުމާލެ ފިހާރައިގެ ވިޔަފާރިއަށް ގެންދާ މުދާ ހުޅުމާލެ އެމް.ޕީ.އެލް ޕޯޓުން ކްލިއަރކުރުމާއި ފިހާރައިން ދައްކާ ތަނެއްގައި ގުދަން ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

އެސް.ޓީ.އޯ ހުޅުމާލެ ފިހާރައިގެ ވިޔަފާރިއަށް ގެންދާ މުދާ ހުޅުމާލެ އެމް.ޕީ.އެލް ޕޯޓުން ކްލިއަރކޮށްގެން ކުރުމާއި ފިހާރައިން އަންގާ ތަނެއްގައި ގުދަންކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. 

މަސައްކަތުގެ ވެރި ފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ 

ރަޖިސްޓަރީ ކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ސެޕްޓެންބަރު 18 ވަނަ ދުވަހު 12:00 ގެ ކުރިން އެސް.ޓީ.އޯ ހެޑް އޮފީހަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. 

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ސެޕްޓެންބަރު 18 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ.

މަޢުލޫމާތު ދިނުންރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ސެޕްޓެންބަރު 19 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހެޑް އޮފީހުގައި އޮންނާނެއެވެ. 

ސުވާލާއި ޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ސެޕްޓެންބަރު 25 ވަނަ ދުވަހުގެ 10:00 ގެ ކުރިން އީމެއިލުން ފޮނުއްވަންވާނެއެވެ. އަދި 2016 ސެޕްޓެންބަރު 27 ވަނަ ދުވަސް ނިމުމުގެ ކުރިން ޖަވާބުދާރީ ވެވޭނެއެވެ. 

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 އޮކްޓޫބަރު 4 ވަނަ ދުވަހު 14:00 ގައި  އެސް.ޓީ.އޯ ހެޑް އޮފީހުގައެވެ. 

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންވާ ފަރާތްތަކާއި ގަޑި ޖެހިގެން ހާޒިރުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344196, 3344321

ފެކުސް: 3344633

އީމެއިލް: [email protected]

05 ސެޕްޓެންބަރު 2016
ހޯދާ