މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އިންސިނަރޭޓަރ މަރާމާތުކުރުން

އިޢުލާން

މިނިސްޓްރީގެ ދަށުން ހިންގާ ހުޅުލެ، ޕްލަންޓް އެންޑް އެނިމަލް ކަރަންޓީން ހެލްތު ޔުނިޓުގައި ބޭނުންކުރާ އިންސިނަރޭޓަރ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މިނިސްޓްރީއަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި އޮފީހަށް (ވެލާނާގޭ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށަހެޅުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް

2016 ސެޕްޓެންބަރު 19 ވާ ހޯމަ ދުވަހުގެ 10:00 އަށް

 

މައުލޫމާތު ސާފުކުރެއްވުމުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7459217 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. 

06 ސެޕްޓެންބަރު 2016
ހޯދާ