ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ    

މަޤާމު:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2  

މަޤާމުގެ ކްލެސިފިކޭޝަން:

MS2

މަޤާމުގެ ރޭންކް:

-/6295 ރުފިޔާ (މަހަކު)

މަޤާމުގެ މުސާރަ:

ސަރވިސް އެލަވަންސް: -/2000 ރ (މަހަކު)

ފިނޭންސް އެލަވަންސް: މުސާރައިގެ %35 (މަހަކު)

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

ޢިނާޔަތްތައް:

1

ބޭނުންވާ އަދަދު:

ޑޭޓާ ޕްރޮސެސިންގ އެންޑް ޑޭޓާ މެނޭޖްމަންޓް

ބޭނުންވާ ސެކްޝަން:

1. ސްޓެޓިސްޓިކްސްއާގުޅޭ ދާއިރާ ނުވަތަ  އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

2. ސްޓެޓިސްޓިކްސްއާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

3. ސްޓެޓިސްޓިކްސްއާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ ޝަރުޠު:

  1. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަންގެ މަސައްކަތްތައް ޑިވިޜަން ހެޑްގެ ލަފަޔާއެކު ކުރިއަށް ގެންދިއުން.
  2. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަންގެ މަސައްކަތްތައް ހިނގާނުހިގާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރޭވުން.
  3. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތް ރޭވުމުގައި ސެކްޝަނުގެ ބައްދަލުވުންތައް ބޭއްވުން.
  4. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެގޮތުގެ ލަފާޔާއި، އިރުޝާދު މުވައްޒަފުންނަށް ދިނުން.
  5. ސްޓެޓިސްޓިކަލް ސާރވޭސް އެންޑް ރިސާރޗް ސެކްޝަންގައި މަސައްކަތްކުރަމުން ގެންދާ ހުރިހާ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމާއި، މުވައްޒަފުންނަށް ބޭނުންވާ އިރުޝާދާއި، ލަފާދިނުން.
  6. ސްޓެޓިސްޓިކަލް ސާރވޭ އެންޑް ރިސާރޗް ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން.
  7. ރާއްޖެއާއި ރާއްޖޭން ބޭރުގައި ބޭއްވޭ މުހިންމު ބައްދަލުވުންތަކުގައި އޮފީހުގެ ފަރާތުން ބައިވެރިވުން.
  8. ސެކްޝަންގެ އަހަރީ ބަޖެޓް ތައްޔާރުކުރުން. އަދި އަހަރު ރިޕޯޓަށް ބޭނުންވާ މައުލޫމާތު ކަމާބެހޭ ސެކްޝަނަށް ފޯރުކޮށްދިނުން.
  9. ސީނިއަރ ލެވެލްގައި މިބިއުރޯގައި، އަދި އެހެން ސަރުކާރު އޮފީސްތަކުގައި ބާއްވާ ބައްދަލުވުންތަކުގައި މިބިއުރޯ ތަމްސީލުކުރުން.

މަޤާމުގެ މަސްއޫލިއްޔަތު:

ސީނިއަރ ސްޓެޓިސްޓިކަލް އޮފިސަރ

މަޤާމު:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ކްލެސިފިކޭޝަން:

MS2

މަޤާމުގެ ރޭންކް:

-/6295 ރުފިޔާ (މަހަކު)

މަޤާމުގެ މުސާރަ:

ސަރވިސް އެލަވަންސް: -/2000 ރ (މަހަކު)

ފިނޭންސް އެލަވަންސް: މުސާރައިގެ %35(މަހަކު)

އިތުރުގަޑީގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ޢިނާޔަތްތައް:

1

ބޭނުންވާ އަދަދު:

ޕްރައިސް އެންޑް އިކޮނޮމިކް ސްޓެޓިސްޓިކްސް

ބޭނުންވާ ސެކްޝަން:

1. ސްޓެޓިސްޓިކްސްއާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ސްޓެޓިސްޓިކްސްއާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. 

ނުވަތަ

3. ސްޓެޓިސްޓިކްސްއާގުޅޭ ދާއިރާ ނުވަތަ އިކޮނޮމިކްސް ނުވަތަ ކޮމްޕިއުޓަރ ޕްރޮގްރާމިންގ ނުވަތަ އެކައުންޓިންގ ނުވަތަ ޑިމޮގްރަފީ ފަދަ ސޯޝަލް ސައިންސަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން.  

މަޤާމުގެ ޝަރުޠު:

 

  1. ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމާއި، އެ ސަރވޭއިން އެކުލަވާލެވޭ މަޢުލޫމާތު ގަވާއިދުން ހޯދައި އެއްކޮށް، މި ހިސާބުތައް ޗެކްކޮށް، އިޞްލާޙުކޮށް އަދި މި ހިސާބުތައް އާންމުކުރުން.
  2. ކޮންސިއުމަރ ޕްރައިޒް އިންޑެކްސް (ސީ.ޕީ.އައި) ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގު ނެގުމުގެ ސަރވޭގެ ތެރެއިން މާލޭގެ އަގުތައް ހޯދުން.
  3. ސީ.ޕީ.އައި ތައްޔާރުކުރުމަށްޓަކައި ކޮންމެ މަހަކު ކުރުމަށް ހަމަޖެހިފައިވާ ބާޒާރުގެ ތަކެއްޗާއި ޚިދުމަތުގެ އަގު ނެގުމުގެ ސަރވޭގެ ތެރެއިން ހދ. ކުޅުދުއްފުށި، ހއ. ހޯރަފުށި، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫގެ އަގުތައް  ކަނޑައެޅިފައިވާ ވަގުތަށް ހޯދުން.
  4. ސީ.ޕީ.އައި އެކުލަވާލުމަށް އެއްކުރެވި ކޮމްޕިއުޓަރަށް ލެވުނު ހުރިހާ ހިސާބުތައް ޗެކްކޮށް އިޞްލާޙުކުރުން.
  5. އަތޮޅުތަކުގެ ސީ.ޕީ.އައި އާއި އިންފްލޭޝަންރޭޓުގެ ތާވަލުތައް އާންމުކޮށް ކަނޑައެޅިފައިވާ ފަރާތްތަކަށް ފޯރުކޮށްދިނުން.
  6. ސީ.ޕީ.އައި އާއި އިންފްލޭޝަންރޭޓާބެހޭ ލިޔުމަށް ބޭނުންވާ ތާވަލުތަކާއި ޗާޓުތައް ތައްޔާރުކުރުން.
  7. މާލޭގެ ސީ.ޕީ.އައި އާއި އިންފްލޭޝަންރޭޓާ ބެހޭ ދިވެހި ލިޔުމާއި އިނގިރޭސި ލިޔުން ތައްޔާރުކުރުން.
  8. މުޅިރާއްޖޭގެ ސީ.ޕީ.އައި އާއި އިންފްލޭޝަންރޭޓާ ބެހޭ ދިވެހި ލިޔުމާއި އިނގިރޭސި ލިޔުން ތައްޔާރުކުރުން.
  9. ސީ.ޕީ.އައި އަގު ނެގުމަށް ބޭނުންކުރެވޭ ފިހާރައެއް ނުވަތަ ތަނެއް ބަދަލުކުރަން ޖެހިއްޖެ ހިނދެއްގައި ބަދަލުކުރުން.
  10. ސީ.ޕީ.އައި ގައި ހިމެނުމަށް އިތުރު ރަށެއް ނަގަންޖެހޭތޯ ބަލައި، ނަގާނެ ރަށްރަށް ފާހަގަކުރުން.
  11. ޕްރޮޑިއުސަރ ޕްރައިޒް ސާރވޭގައި އެއްކުރެވޭ މަޢުލޫމާތުގެ ތެރެއިން ހޮޓެލް އާއި ރިސޯޓް ސެކްޓަރގެ ބާވަތްތައް އުފައްދާ ފަރާތްތަކުގެ ޑޭޓާތައް ކޮމްޕިއުޓަރަށް ލުން.
  12. މާލޭގެ ސީ.ޕީ.އައި ތައްޔާރުކުރުމަށްޓަކައި ކުއްޔަށް ދޭ ތަންތަނުގެ އަގުތައް ކަނޑައެޅިފައިވާ ވަގުތަށް ހޯދުން.
  13. އަތޮޅުތަކުގެ ސީ.ޕީ.އައި އާއި އިންފްލޭޝަންރޭޓް ތައްޔާރުކޮށް އެކުލަވާލުން.

މަޤާމުގެ މަސްއޫލިއްޔަތު:

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް / މާލެ

މަސައްކަތްކުރަންޖެހޭ ތަނާއި ރަށް:

މި މަޤާމަށް ކުރިމަތިލާ، މަޤާމުގެ ޝަރުޠު ހަމަވާ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާންކުރުން، މި އިޢުލާނަށް މުއްދަތު ހަމަވާތާ ދެ ހަފުތާގެ ތެރޭގައި މާލޭގައި އޮންނާނެއެވެ.

އިންޓަރވިއުކުރުމާއި އިމްތިޙާން ކުރުން

- ކޮމްޕިއުޓަރ ޕްރޮގްރާމިންގއަށް އަހުލުވެރިވެފައިވާ މިންވަރު  

- ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު (ދިވެހި / އިނގިރޭސި ޓައިޕިންގ)

- ދިވެހިބަހުން އިނގިރޭސިބަހުން ލިޔުމާއި އިބާރާތްކުރުމުގެ ފެންވަރު

- އޮފީހުން ބޭރުގައި ކުރަންޖެހޭ މަސައްކަތް ކެރިގެން ކުރުން

- މާލޭން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައި އެކަމަށް ފަސްނުޖެހުން

މީހުން ހޮވުމުގައި ބަލާނެ ކަންކަން:

1. މަޢުލޫމާތު ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓު www.csc.gov.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.)

2. ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ).

  (ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓު އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

  (ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  

4. ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ. (ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދަދު ބަޔާންކޮށްފައިވާ)

6. ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.

7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

8. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު

ހުށަހަޅަންޖެހޭ ލިޔުންތައް:

ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 15 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 15 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓްލިސްޓު ކުރުން:

2016 ސެޕްޓެންބަރު 25 ވާ އާދީއްތަދުވަހުގެ 12:00 އަށް.

ސުންގަޑި:

  • ވަޒީފާއަށް އެދޭ ފޯމު ވަގުފު ބިލްޑިންގ (ސޯޝަލް ސެންޓަރުގެ ކުރިމަތި) ގެ 9 ވަނަ ފަންގިފިލާއަށް ހުށަހެޅުން އެދެމެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި އަދި ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމު މި ބިއުރޯއިންނާއި މިބިއުރޯގެ ވެބްސައިޓު http://statisticsmaldives.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ހޯދުމަށް ގުޅާނީ 3008407 ނަންބަރު ފޯނަށެވެ.  

އިތުރު މަޢުލޫމާތު:

06 ސެޕްޓެންބަރު 2016
ހޯދާ