މަރަދޫ ސްކޫލް
ދިވެހިރާއްޖެ
ފާރު ރޭނުމާބެހޭ

އިޢުލާން

މި ސްކޫލަށް އަލަށް އިތުރު ކުރެވުނު ބައިގެ ފާރު ރާނާއި، ކުރިން ހުރި ފާރު ތެޅުމަށްފަހު، އެ ސަރަހައްދުގައި ހުރި ސިމިންތި ބުޑުތައް ނަގައި، ބިންގަނޑު އެއްވަރު ކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ޝެޑިއުލާ އެއްގޮތަށް މަޢުލޫމާތު ސާފުކުރެއްވުމާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

  • މަޢުލޫމާތު ދިނުން: 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މަރަދޫ ސްކޫލުގައެވެ.
  • އަންދާސީހިސާބު ހުށަހެޅުން: 2016 އޮކްޓޫބަރު 4 ވާ އަންގާރަ ދުވަހުގެ 10:00 ގައި މަރަދޫ ސްކޫލުގައި އޮންނާނެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

05 ސެޕްޓެންބަރު 2016
ހޯދާ