ބިލެތްފަހީ ސްކޫލް
ދިވެހިރާއްޖެ
އަމިއްލަ ތަކެތީގައި އެއް ކުލާސްރޫމް ޢިމާރާތްކުރުން

 އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

އަމިއްލަ ތަކެތީގައި އެއް ކުލާސްރޫމް ޢިމާރާތްކުރުން

މި ސްކޫލުގެ ނަމްބަރު GS103/IUL/2016/18 އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަަޑައިގެން ފަރާތްތަކުގެ އަދަދު މަދުވުމުން އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ސްކޫލުގައި އެއް ކުލާސްރޫމް، އަމިއްލަ ތަކެތީގައި ޢިމާރާތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 7 ވާ ބުދަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ 11:00 އަށް ސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކުރައްވައި ސިޓީއަކާއެކު ކުންފުނި/ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ ފޮނުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. އަދި ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލެވިފައި ވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

ޛުލްޙިއްޖާ 1437

04 ސެޕްޓެންބަރު 2016
ހޯދާ