މިލަދުންމަޑުލު އުތުރުބުރީ ފޭދޫ މެޖިސްޓްރޭޓު ކޯޓު
ދިވެހިރާއްޖެ
ކޯޓުއޮފިސަރ

މަޤާމު

ކޯޓުއޮފިސަރ

ރޭންކް: ޖީ.އެސް 3

ކުލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

އަދަދު

1

ގިންތި

ދާއިމީ

މަސައްކަތްކުރަންޖެހޭ ތަން

ށ.ފޭދޫ މެޖިސްޓްރޭޓްކޯޓު

އަސާސީ މުސާރަ

މަހަކު -/4465 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

- ސަރވިސް އެލަވަންސް: މަހަކު -/1,500 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/2550 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

  • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ލިބިފައިވުން، ނުވަތަ
  • މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުން ދިޔުމާއެކު، GS-2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް

  • ޝަރީޢަތުގެ މަޖިލީސްގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.
  • ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހުންގެ އަމުރުގެ ކަންތައްތަކާބެހޭ އެންމެހައި މަސައްކަތްތައް ބެލެހެއްޓުން.
  • ކޯޓަށް ހުށަހެޅޭ މައްސަލަތައް އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި މެޖިސްޓްރޭޓް އަންގަވާ ގޮތަށް ޤަޟިއްޔާކޮށް ފައިލް ތައްޔާރުކުރުން.
  • މައްސަލަތަކާ ގުޅިގެން މެޖިސްޓްރޭޓް ތައްޔާރުކުރައްވާ ބަޔާންތައް ލިޔެ ބަޔާންތަކުގައި ސޮއިކުރުވުމަށްފަހު، ފައިލްކުރުން.
  • ޝަރުޢީ މައްސަލަތަކާ ގުޅިގެން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ، މެސެޖު ފަދަ ލިޔުންތައް ފޮނުވުމުގެ މަސައްކަތްކުރުން.
  • މައްސަލަތައް ނިމުމުން މައްސަލަތައް ފައިލްކުރުން.
  • ޖަވާބު ހޯދަންޖެހޭ މައްސަލަތަކުގައި ކަމާބެހޭ ފަރާތްތަކަށް ގުޅުން.
  • އެގްރީމެންޓް ރަޖިސްޓަރީކުރުމާބެހޭ އިދާރީ މަސައްކަތްކުރުން.
  • ކުށުގެ ރެކޯޑު ލިޔެ ބެލެހެއްޓުމާއެކު، ކުށުގެ ރެކޯޑު ކަމާބެހޭ ފަރާތްތަކަށް ފޮނުވުން.
  • ކޯޓުގެ އިސްމެޖިސްޓްރޭޓް ނުވަތަ ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި އިސްމެޖިސްޓްރޭޓް އަންގަވާ މިނޫންވެސް ރަސްމީ ކޮންމެ މަސައްކަތެއްކުރުން.

ހުށަހަޅަންޖެހޭ ތަކެތި

  • ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު
  • ކުރިމަތިލާ ފަރާތުގެ ވަނަވަރު
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓުފިކެޓު ނުލިބޭ ފަރާތެއްނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓު.
  • އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ
  • ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ސުންގަޑި

22 ސެޕްޓެންބަރު 2016 ވާ ބުރާސްފަތިދުވަހުގެ 14:00ގެ ކުރިން ށ.ފޭދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުއްވުން އެދެމެވެ.  

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މިކޯޓުންނާއި، ޑިޕާޓްމަންޓުގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު: 6540635
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަންފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު ގެންނެވުމަށް ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް

  • ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ ފަދަ ފަރާތަކަށްވުން.
  • ދަތުރުކުރަންޖެހިއްޖެ ހާލަތެއްގައި ދަތުރުކުރެވޭނެ ފަދަ ޞިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން.
  • އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްރޮފެޝަނަލް ޕެކޭޖް ފަރިތަކަމާއެކު އެޑްވާންސް ފެންވަރެއްގައި ބޭނުން ކުރަން އެނގޭ ފަރާތެއް ކަމުގައިވުން.
  • ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި، ހިތްހެޔޮކަމާއި، ހިނިތުންވުމާއެކު މުޢާމަލާތް ކުރުމުގެ ހުނަރު ލިބިފައިވާ ފަރާތަކަށްވުން.
  • އޭ-ލެވެލް ނުވަތަ އޯ-ލެވެލްގެ އިނގިރޭސިން ފާސްވެފައިވާ ފަރާތްތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއް ނުދެވޭނެއެވެ.
04 ސެޕްޓެންބަރު 2016
ހޯދާ