މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި އިދާރާގެ ނަންބަރު (IUL)301/301/2016/48 (29 އޮގަސްޓު 2016) ގެ އިޢުލާނުގެ ތާރީޚުތަކުގައި މައްސަލަ އުޅޭތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

އަނގޮޅިތީމު ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

ރ. އަނގޮޅިތީމު ކައުންސިލުގައި ކުރަންހުރި، ތިރީގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ. ކޮންޓްރެކްޓް އުސޫލުން މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރަން ބޭނުންވާ ފަރާތްތަކުން މި އިޢުލާނުގައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތުގެ މަޢުލޫމާތު ދިނުން އޮންނާނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މި ކައުންސިލުގެ އިދާރާގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 12:00ގައި މި ކައުންސިލުގެ އިދާރާގައެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރުން ނުވަތަ ބިޑް ހުށަހަޅަންވާނީ އެފަރާތެއް ރަޖިސްޓަރީ ކޮށްފައިވާ ވިޔަފާރީގެ ނަމުގައެވެ. މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑްފޮތް (-/100 ރުފިޔާއަށް) ވިއްކުމުގެ އިންތިޒާމު މި ކައުންސިލުގެ އިދާރާގައި ހަމަޖެހިފައިވާނެއެވެ.

ކުރަންޖެހޭ މަސައްކަތް:

  • އަނގޮޅިތީމު ކައުންސިލުގެ ބައެއް ފާރުތައް ތަޅައި އިތުރު ފާރު ރޭނުން.
  • އަނގޮޅތީމު ކައުންސިލުގެ ކަރަންޓް ވިއުގަ ތްރީފޭސް ކަރަންޓަށް ބަދަލު ކުރުމާއި، ބައެއް ތަކެތި ގަނެ، ހަރުކުރުން.
  • ކައުންސިލުގެ އިންޓީރިއާ ޑިޒައިން ކުރުމާއި، ޒީނަތްތެރިކުރުން.
  • އެލްމިނިއަމުން ޕާޓިޝަން ޖެހުމާއި، ކައުންޓަރ ހެދުން.

29 ޛުލްޤަޢިދާ 1437 

01 ސެޕްޓެންބަރު 2016
ހޯދާ