މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

މަޤާމް :ޖެނަރަލް މެނޭޖަރ، އެޗް،އާރު އޮޕަރޭޝަންސް
ބޭނުންވާ އަދަދު :1

މަޤާމު: ޖެނަރަލް މެނޭޖަރ ، އެޗް.އާރ އޮޕަރޭޝަންސް

ބޭނުންވާ އަދަދު: 01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯރޓް ( ހުޅުލެ )/ ހިއުމަންރިސޯސް ޑިޕާޓްމަންޓް

ޝަރުޠު

- ބެޗްލަރ ޑިގްރީއިން އެޗް.އާރ މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވުމާއެކު 10 އަހަރު އެޗް.އާރު މެނޭޖްކޮށްފައިވުން. ނުވަތަަ އެޗް.އާރުއިން މާރސްޓާރސް/ބިޒްނަސްގެ ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވުމާއެކު 8 އަހަރުދުވަހު އެޗް.އާރު މެނޭޖުކުރުމުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ތިރީގައިއެވާ އެޗްއާރު އޮޕަރޭޝަންސްގެ ފަންކްޝަންތަކުގެ މަސައްކަތްތައް ޕްލޭންކުރުމާއި މެނޭޖްކުރުން؛

  • ރިސޯސް ޕްލޭނިންގ އެންޑް އެކްސްޕެޓް މެނޭޖްމަންޓް،

  • ޕޭރޯލް އެޑްމިނިސްޓްރޭޝަން،

  • ބެނިފިޓް އެޑްމިނިސްޓްރޭޝަން،

  • އެއަރޕޯޓް ރެކްރިއޭޝަން ސެންޓަރ.

މަޤާމް :މެނޭޖަރ، ލާރނިންގ އެންޑް ޑިވެލޮޕްމަންޓް
ބޭނުންވާ އަދަދު :1

މަޤާމު:        މެނޭޖަރ، ލާރނިންގ އެންޑް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު:  01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް ( ހުޅުލެ )/ ލާރނިންގ އެންޑް ޑިވެލޮޕްމަންޓް

ޝަރުޠު

- ބެޗަލަރ ޑިގްރީއިން އެޗްއާރ / ބިޒްނަންސް އެޑްމިނިސްޓްރޭޝަން ހާސިލުކޮށްފައިވުމާއެކު، ޓްރެއިނިންގ ދިނުމުގެ ދާއިރާގައި 5 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ލާރނިންގ އެންޑް ޑިވެލޮޕްމަންޓްގެ ސިޔާސަތު ހެދުމާއި އަހަރީ ޓްރޭނިންގ ޕްލޭންކުރުމާއި ބަޖެޓުތައްޔާރުކުރުން.

  • ލާރނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ހިންގާ އެންމެހައި އެކްޓިވިޓީސްތަކުގެ ޒިންމާނެގުން.

  • ކުންފުނީގެ ޓްރޭނިންގ ޕްރޮގްރާމްތައް ރާވައި ހިންގަންވާނީ ލާރނިންގ އެންޑް ޑިވެލޮމަންޓުގެ މެންޑޭޓާ އެއްގޮތަށްތޯ ބެލުމާއި ޓްރޭނިންގ ޕްރޮގްރާމްތައް ޑިވެލޮޕްކޮށް، ކޯޑިނޭޓްކޮށް އަދި ކަނޑަށްއެޅިފައިވާ މިންގަނޑާ އެއްގޮތަށްތޯ ޗެކުކޮށް، މުވައްޒަފުންގެ ޕްރޮފައިލް ޓްރެކްކުރުން.

މަޤާމް :އޮފިސރ،ލާރނިންގ އެންޑް ޑިވެލޮޕްމަންޓް
ބޭނުންވާ އަދަދު :1

މަޤާމު:        އޮފިސަރ، ލާރނިންގ އެންޑް ޑިވެލޮޕްމަންޓް

ބޭނުންވާ އަދަދު:  01  

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ ލާނިންގ އެންޑް ޑިވެލޮޕްމަންޓް

ޝަރުޠު

- ޑިޕްލޮމާއިން އެޗްއާރ މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވުމާއެކު ލާނިންގ އެންޑް ޑިވެލޮމަންޓުގެ ދާއިރާގައި 2 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ކަސްޓަމަރ ސަރވިސަސް ޓްރޭނިންގެ ދާއިރާގައި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

-  ބޭސިކް ކޮމްޕިއުޓިންގ އަދި ޕަވަރޕޮއިންޓް ބޭނުންކުރަން އެނގޭ ފަރާތެއްކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ލާނިންގ އެންްޑް ޑިވެލޮޕްމަންޓުން ކުންފުންޏަށް އަލަށް ވަންނަ މުވައްޒަފުންނަށް ހިންގާ އިންޑަކްޝަނާއި ދޭންޖެހޭ އެހެނިހެން  ޓްރޭނިންގތައް ހިންގުމުގައި އެހީތެރިވުން.

  • ޓްރޭނިންގތަކާއި ރަސްމީ ދަތުރުތަކާއި ގުޅުންހުރި ސިޔާސަތުތައް އެކުލަވައިލުމުގައި ސެކްޝަން ހެޑަށް އެހީތެރިވުން.

  • ޓްރޭނިންގތައް ކުންފުންޏަށް އެންމެ ފައިދާހުރިގޮތުގައި ހިންގުމަށް އެހީތެރިވުން.

މަޤާމް :އޮފިސަރ،ޓެކްނިލަކަލް
ބޭނުންވާ އަދަދު :1

މަޤާމު:         އޮފިސަރ، ޓެކްނިކަލް

ބޭނުންވާ އަދަދު:   1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) /ވޯޓަރ ސަޕްލައި އެންޑް ސުވަރޭޖް

ޝަރުޠު

-  ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން އިނގިރޭސިއާއެކު 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

  • އެސް.އެސް.ސީ އިމްތިޙާނުން ދިވެހިން ދަށްވެގެން "ސީީ" ފާސް ލިބިފައިވުން.

  • އުމުރު: 18 އަހަރާއި 40 އަހަރާ ދެމެދު.

  • އިނގިރޭސިން އަދި ދިވެހިން ބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

  • ފަރިތަކަމާއެކު މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ބޭނުންކުރަން އެނގުން.

    ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އިދާރީ މަސައްކަތުގައި ސެކްޝަން ހެޑްއަށް އެހީތެރިވުން.

  • ޑިޕާޓްމަންޓް/ސެކްޝަންނަށް އަންނަ ލިޔުންތަކާއި ފޮނުވާ ލިޔެކިޔުންތައް ލޮގްކޮށް ބެލެހެއްޓުން.

  • ޑިޕާޓްމަންޓުން ފޮނުވަން ޖެހޭ ސިޓީ، މެމޯ، ސަރކިއުލާ ޑްރާފްޓްކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

ހުށަހަޅަންޖެހޭ ލިޔުންތައް :    

  • ސީވީއާއި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  ސްކޫލް ލީވިންގ ސެޓުފިކެޓު ކޮޕީ

  •  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

  •  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ

  •  3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް

    ކުރިމަތިލުމުގެ ސުންގަޑި: 07 ސެޕްޓެންބަރު 2016 ވަނަ ދުވަހުގެ 16:00.

    ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ :     

    ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

    މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

    ކޯޕަރޭޓް އޮފީސް ، ހުޅުލެ ، ދިވެހިރާއްޖެ

    އިތުރު މަޢުލޫމާތު : ފޯނު –  3325511

     ނޯޓު: ސިޓީއާއެކު ކަމާބެހޭ އެންމެހައި ލިޔުންތައް ހުށަހަޅަންވާނެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ އަދި ފޯމު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

04 ސެޕްޓެންބަރު 2016
ހޯދާ