މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
މަލްޓި މީޑިއާ ސްޕެޝަލިސްޓް

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: މަލްޓި މީޑިއާ ސްޕެޝަލިސްޓް

މުސާރަ: މަހަކު -/9,000 ރުފިޔާ

އެލަވަންސް: މަހަކު -/6,000 ރުފިޔާ

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ/ ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ 

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

- މަލްޓިމީޑިއާ ދާއިރާގައި މަދުވެގެން 5 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- މި ކޯޕަރޭޝަނުގެ ސޯޝަލް އެންޑް ޑިޖިޓަލް މީޑިއާ އެންޑް އޮންލައިން މާކެޓިންގ ސެކްޝަނުގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރިއަށްގެންދިއުން.

- މި ކޯޕަރޭޝަނުގެ ސޯޝަލް ނެޓްވާކް ޕްރޮފައިލްތައް ސުޕަވައިޒްކޮށް ބެލެހެއްޓުމާއި ޒިޔާރަތްކުރާ ފަރާތްތަކުން ޝައުޤުވެރިވާނެ ފަދަ ކެމްޕެއިންތައް ހިންގުން.

- މި ކޯޕަރޭޝަންގެ ވެބްސައިޓުގެ އޯޑިއަންސަށް ކަމުދާނެ ފަދަ ތަފާތު ބައިތައް (ފޮޓޯ، ވީޑިއޯ، މަޢުލޫމާތު) ހިމަނައި ވެބްސައިޓްގެ އެންމެހައި މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ރާވައި، ހިންގައި ބެލެހެއްޓުން.

- މި ކޯޕަރޭޝަނުގެ ފަރާތުން ޑިޒައިންކުރަން ބޭނުންވާ ތަކެތި ޑިޒައިން ކުރުން.

- މި ކޯޕަރޭޝަންގެ ފަރާތުން ރާވައި ހިންގާ އެކިއެކި އިވެންޓްތަކުގައި ޙަރަކާތްތެރިވެ ކޯޕަރޭޝަނުން އަންގާ އެންމެހައި އެންގުންތަކަށް ޤާނޫނާއި ގަވާއިދުގެ ތެރެއިން ފުރިހަމައަށް އެއްބާރުލުން ދިނުން.

ސިޓީ ފޮނުވަންވީ ތާރީޚާއި ތަން:  2016 ސެޕްޓެންބަރު 18 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ވެލާނާގޭ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަނަށް.

ހުށައަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (މި ބައިގައި މާކްސް ދެވޭނީ އެކްރެޑިޓްކޮށް އެޓެސްޓްކޮށްފައިވާ ސެޓުފިކެޓުތަކަށެވެ.)

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

-  ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން (މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ.)

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް މީހުން ހޮވުމުގައި ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މި މަޤާމަށް މީހުން ހޮވުމުގައި ދިވެހިބަހާއި އިނގިރޭސިބަހުގެ އިތުރުން، އިތުރު އެހެން ބަސްތަކުން ލިޔަންކިޔަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނަށެވެ.
  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާ އެންމެ މަތީ 5 ފަރާތަކާއެވެ. އަދި ޝޯޓް ލިސްޓްކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

2 ޛުލްޙިއްޖާ 1437

04 ސެޕްޓެންބަރު 2016
ހޯދާ