މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން
ދިވެހިރާއްޖެ
35 ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތް 2016 (އަންހެން ޑިވިޝަން)

35 ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތް 2016 (އަންހެން ޑިވިޝަން)

މި އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 2016 ސެޕްޓެންބަރު 20 ގައި ފެށުމަށް ހަމަޖެހިފައިވާ 35 ވަނަ ޤައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގައި ބައިވެރިވުމަށް ބޭނުންވާ ކްލަބް، ޖަމުޢިއްޔާތަކުން 2016 ސެޕްޓެންބަރު 12 ވާ ހޯމަދުވަހުގެ 14:30 ގެ ކުރިން މި އެސޯސިއޭޝަނަށް ލިޔުމަކުން އެންގެވުން އެދެމެވެ. އަދި ޓީމުލިސްޓު 2016 ސެޕްޓެންބަރު 15 ވާ ބުރާސްފަތިދުވަހުގެ 14:30 ގެ ކުރިން މި އެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ.

މި މުބާރާތުގެ ގަވާއިދާއި އިތުރު މަޢުލޫމާތު މި އެސޯސިއޭޝަނުންނާއި ފޭސްބުކް ގްރޫޕް (Maldives Basketball Association-MBA) އިން ލިބިވަޑައިގަންނަވާނެ ވާހަކަ ދެންނެވީމެވެ.

01 ސެޕްޓެންބަރު 2016
ހޯދާ