މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

މި އިދާރާގެ ނަންބަރު (IUL)301/301/2016/48 (29 އޮގަސްޓު 2016) ގެ އިޢުލާނުގެ ތާރީޚުތަކުގައި މައްސަލައުޅޭތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާންކުރީމެވެ.

އަނގޮޅިތީމު ކައުންސިލް އިދާރާގައި ކުރަންހުރި ބައެއް މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ:

ރ. އަނގޮޅިތީމު ކައުންސިލް އިދާރާގައި ކުރަންހުރި، ތިރީގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވެއްޖެއެވެ. ކޮންޓްރެކްޓް އުސޫލުން އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކުރަން ބޭނުންވާ ފަރާތްތަކުން މި އިޢުލާނުގައިވާ ތާރީޚުގައި މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

މި މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތުދިނުން އޮންނާނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 10:00 ގައި މި ކައުންސިލުގެ އިދާރާގައެވެ. އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 12:00 ގައި މި ކައުންސިލުގެ އިދާރާގައެވެ. މި މަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކުންފުނި ނުވަތަ ކޯޕަރޭޓް ސޮސައިޓީ ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށެވެ.

މި މަސައްކަތުގެ މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް އަންނަ ފަރާތްތަކުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ހާޒިރުވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ގެންނަވަންވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހަޅަންވާނީ އެފަރާތެއް ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ ނަމުގައެވެ. މި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބިޑްފޮތް (-/100 ރުފިޔާއަށް) ވިއްކުމުގެ އިންތިޒާމު މި ކައުންސިލުގެ އިދާރާގައި ހަމަޖެހިފައިވާނެއެވެ.

ކުރަންޖެހޭ މަސައްކަތް:

  • އަނގޮޅިތީމު ކައުންސިލުގެ ބައެއް ފާރުތައް ތަޅައި އިތުރު ފާރު ރޭނުން.
  • އަނގޮޅިތީމު ކައުންސިލުގެ ކަރަންޓް ވިއުގަ ތްރީފޭސް ކަރަންޓަށް ބަދަލުކުރުމާއި، ބައެއް ތަކެތި ގަނެ، ހަރުކުރުން.
  • ކައުންސިލުގެ އިންޓީރިއާ ޑިޒައިންކުރުމާއި ޒީނަތްތެރިކުރުން.
  • އެލްމިނިއަމުން ޕާޓިޝަން ޖެހުމާއި، ކައުންޓަރު ހެދުން،

29 ޛުލްޤަޢިދާ 1437 

01 ސެޕްޓެންބަރު 2016
ހޯދާ