އާސަންދަ ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ފާމަސިސްޓް - މެޑިކަލް

ވަޒީފާގެ ފުރުޞަތު

25 އޮގަސްޓު 2016 ގައި މި މަޤާމަށް މީހަކު ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު AS-IUL-2016-051 އަށް އެކަށީގެންވާވަރަށް މީހުން ކުރިމަތިލާފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމު: ފާމަސިސްޓް

ޑިޕާޓްމަންޓް: މެޑިކަލް

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ހޮސްޕިޓަލުގެ ކެންސަރު ސެންޓަރ

ތަޢުލީމާ ތަޖުރިބާ:

  • ޑިޕްލޮމާ އިން ފާމަސީ (މަދުވެގެން 2 އަހަރުދުވަހުގެ) ކޯހެއް ފުރިހަމަކޮށްފައިވުން.

  • މޯލްޑިވްސް އެލައިޑް ހެލްތުު ކައުންސިލުގައި ރަޖިސްޓަރީ ވެފައިވުން.

  • ޕްރެކްޓިސިންގ ލައިސަންސެއް އޮތުން.

  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ބޭސް ދޫކުރުމަށް ރަޖިސްޓަރީވެ، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހަދާފައި އޮތުން.

  • މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.

  • މީހުންނާ މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.

  • ޝިފްޓް ޑިއުޓީގައި މަސައްކަތް ކުރެވުން.

  • މަދުވެގެން 1 އަހަރުދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.

  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހުންނަށް އިސްކަންދެވޭނެއެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ހުޅުމާލެ ހޮސްޕިޓަލުގެ ކެންސަރު ސެންޓަރުގައި ފަރުވާ ހޯދާ ބަލިމީހުންގެ ބޭސްތައް ތައްޔާރުކުރުން.

  • ހުޅުމާލެ ހޮސްޕިޓަލުގެ ކެންސަރު ސެންޓަރުގައި ފަރުވާ ހޯދާ ބަލިމީހުންގެ ބޭސްތަކުގެ ރިކޯޑު ބެލެހެއްޓުން

  • ބަލިމީހާއަށް ދެވޭ ބޭހަކީ އެންމެ ރަނގަޅު ބޭސްތޯ ބަލައި، ޓީމުގައި މަސައްކަތްކުރާ އެހެނިހެން މެމްބަރުންނާ އެއްކޮށް މަސައްކަތްކުރުން.

  • ކެންސަރު ބަލީގެ މީހުންނަށް ދެވޭ ފަރުވާގެ ފެންވަރު ހިފެހެއްޓުމާއި، ބަލިމީހާގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސަކަތްކުރުން.

  • ބަލިމީހާއާއި، ބަލިމީހުންގެ އެހީތެރިންނާއި، ކެންސަރު ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ކެންސަރު ބޭހާބެހޭ މަޢުލޫމާތު ދިނުން.

  • ފަރުވާއަށް ބޭސް ތައްޔާރުކުރާއިރު އަމިއްލައަށް ރައްކާތެރިވުމާއި، ސެންޓަރުގައި މަސައްކަތްކުރާ އެހެނިހެން މުވައްޒަފުން ރައްކާތެރިކުރުމާއި، ބަލިމީހާއަށް ބޭނުންވާ ފަރުވާތައް ދެނެގަތުން.

މުސާރައާއި އިނާޔަތް: ކުންފުނީގެ އޮނިގަނޑާ އެއްގޮތްވާ ގޮތުގެ މަތިން 

ކުރިމަތިލުމުގެ ސުންގަޑި: 2016 ޑިސެންބަރު 29 ވަނަ ދުވަހު މެންދުރު 14:00 ގެ ކުރިން

މި މަޤާމަށް ހޮވޭ ބޭފުޅުން އިންޑިއާގެ ބޭންގަލޯރުގެ މަނިޕާލް ހޮސްޕިޓަލުގައި 3 މަސްދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމަކަށް ފޮނުވޭނެއެވެ.

އަދި މި މުއްދަތުގައި އެ ހޮސްޕިޓަލުގައި މަސައްކަތްކުރަން ޖެހޭނެއެވެ.

މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ފޮނުވުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.

  • ވަޒީފާއަށް އެދޭ ފޯމު.

  • ސީވީ.

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އަސްލުކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.

  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން

  • މޯލްޑިވްސް އެލައިޑް ހެލްތުު ކައުންސިލުގައި ރަޖިސްޓަރީ ވެފައިވުމުގެ ކޮޕީ

  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި ބޭސް ދޫކުރުމަށް ރަޖިސްޓަރީ ވެފައިވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

  • ޕްރެކްޓިސިންގ ލައިސަންސްގެ ކޮޕީ

ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:

http://aasandha.mv/wp-content/uploads/2016/04/Job-Application-Form-Aasandha-Dhivehi1.pdf

http://aasandha.mv/wp-content/uploads/2015/09/Job-Application-Form-Aasandha-English.pdf

ޚާއްޞަ ސަމާލުކަމަށް:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން، ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތެރޭގައި، ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ފޯމު ހުށަނާޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްކުރެވޭނެއެވެ. އަދި ފުރިހަމަނުވާ ފޯމުތައް ބަލައެއް ނުގަނަވޭނެއެވެ.

އަދަދު ގިނަނަމަ، އިންޓަރވިއުކުރާނީ، ޝޯޓްލިސްޓު ކުރެވޭ ފަރާތްތައް އެކަންޏެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

04 ސެޕްޓެންބަރު 2016
ހޯދާ