ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:

ހިއުމަން ކެޕިޓަލް މެނޭޖްމަންޓް އޮފިސަރ

ރޭންކް:

އެމް. އެސް 2

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން

ޕަރފޯމަންސް މެނޭޖްމަންޓް

މުސާރަ:

މަހަކު -/6295 ރުފިޔާ

ސަރވިސް އެލެވަންސް:

މަހަކު -/2000 ރުފިޔާ

ލިވިންގ އެލަވަންސް

މަހަކު -/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މަހަކު 25/2203 ރުފިޔާ (އަސާސީ މުސާރައިގެ %35)

އޯވަރޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

 

ހިއުމަން ރިސޯސް މެނޭޖްމަންޓް، މެނޭޖްމަންޓް ނުވަތަ ބިޒްނަސް މެނެޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އެކުލަވައިލެވިފައިވާ ނިޒާމުގެ ތެރެއިން މަސައްކަތުގެ ފެންވަރު ބެލުމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  2. ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމަށް އަހުލުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުން.
  3. ސިވިލް ސަރވިސްގައި ގާއިމު ކުރެވިފައިވާ މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމު އެއްދުވަހުން އަނެއް ދުވަހަށް ހަރުދަނާކޮށް ކުރިއަރުވަމުން ގެންދިއުން.
  4. މިހާރު އެކުލަވައިލެވިފައިވާ މަސައްކަތުގެ ފެންވަރުގެ ނިޒާމާގުޅޭ ދިރާސާތައް ކުރުމާއި، ގެންނަންވާ ބަދަލުތައް ދެނެގަތުމާއި، އެފަދަ ބަދަލުތައް ގެންނައުން.
  5. ސިވިލް ސަރވިސްގައި އީ-ޕަރފޯމަންސް މެނޭޖްމަންޓް ސިސްޓަމެއް ގާއިމުކުރުން.
  6. ސިވިލް ސަރވިސްގައި ހިމެނޭ ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިންގެ މަސައްކަތުގެ ފެންވަރު ބެލުމަށް އެކުލަވައިލެވިފައިވާ ނިޒާމުގެ ތެރެއިން މަސައްކަތުގެ ފެންވަރު ބެލުމާގުޅޭ އެންމެހައި މަސައްކަތްތައް ކުރުން.
  7. ޕަރމަނަންޓް ސެކްރެޓަރީންނާއި ޒިންމާދާރުވެރިންގެ މިހާރު އެކުލަވައިލެވިފައިވާ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމާގުޅޭ ދިރާސާތައް ކުރުމާއި، ގެންނަންވާ ބަދަލުތައް ދެނެގަތުމާއި، އެފަދަ ބަދަލުތައް ގެނައުން.
  8. ސިވިލް ސަރވިސްގެ އިދާރާތަކުގައި ގާއިމު ކުރެވިފައިވާ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީތަކުގެ މަސައްކަތް ބެލެހެއްޓުން.
  9. އެޗް.އާރު.އެމް.ޑީ ކޮމިޓީތަކުގެ މަސައްކަތްތަކަށް ކޮމިޓީތަކުގެ މެންބަރުންނާއި ސިވިލް ސަރވިސްގެ މުވައްޒަފުން އަހުލުވެރިކުރުވުމާއި ހޭލުންތެރި ކުރުވުން.
  10. އެޗް.އާރު.އެމް.ޑީ ކޮމިޓީތަކުގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތައް ދެނެގަތުމާއި، އެކަމާގުޅޭ ދިރާސާތައް ކުރުމާއި އެފަދަ ބަދަލުތައް ގެނައުން.
  11. ސިވިލް ސަރވިސްގެ އިދާރާތަކަށް "ސްޓާރ ރޭޓިންގ" ތައާރަފްކުރުމާބެހޭ ދިރާސާކޮށް، ތަންފީޒުކޮށް، ހިންގައި ބެލެހެއްޓުން.
  12. ކޮމިޝަނުގެ އަދި ސެކްޝަނުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2016 ސެޕްޓެންބަރު 21 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:30 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރިޑެޓްކޮށްފައިވާ ސެޓުފިކެޓުތައް އަދި ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމުތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދެ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މި ފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި މަގާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)   

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު 2016 ސެޕްޓެންބަރު 22 އާއި 2016 ސެޕްޓެންބަރު 29 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

2 ޛުލްޙިއްޖާ 1437

 

04 ސެޕްޓެންބަރު 2016
ހޯދާ