މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންފަރެންސް މޭޒަކާއި އޮފީސްގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

ކޮންފަރެންސް މޭޒަކާއި އޮފީސްގޮނޑި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އިދާރާއަށް 1 ކޮންފަރެންސް މޭޒު 12 އޮފީސްގޮނޑި އަތްގަނޑުލީ (ލެދަރ، ލޯބެކް) ގަތުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މި ތަކެތި ސަޕްލައިކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 21 ވާ ބުދަދުވަހުގެ 10:30 އަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 28 ވާ ބުދަދުވަހުގެ 10:30 އަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

28 ޛުލްޤަޢިދާ 1437

31 އޮގަސްޓް 2016
ހޯދާ