މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ކޮޅުވެއްޓިއެއް ކުއްޔަށް ހިފަން

މި މިނިސްޓްރީގެ ޕަބްލިކް ވަރކްސް ސަރވިސަސްގެ ނަންބަރު (IUL)447-PR/1/2016/38 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.

އެ ސަރވިސަސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މަސައްކަތަށް ބޭނުންވާ ހެވީ ވެހިކަލްތަކާއި މެޝިނަރީތައް ރަށްރަށަށް ގެންގޮސް ގެނައުމަށް ކުރާ ވަކިވަކި ދަތުރުތަކަށް ކޮޅުވެއްޓިއެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. 

1-   މަސައްކަތުގެ ތަފުސީލު:

އެ ސަރވިސަސްއިން ރާއްޖޭގެ އެކި އަތޮޅުތަކުގައި ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ ވެހިކަލްތަކާއި މެޝިނަރީތައް ރަށްރަށަށް ގެންދިއުމަށް ކޮޅުވެއްޓި ކުއްޔަށް ހިފުން. މިގޮތުން، ކޮޅުވެއްޓި ކުއްޔަށް ހިފުމުގައި ޢަމަލުކުރާނީ އަންނަނިވި އުސޫލާ އެއްގޮތަށެވެ.

(ހ)  ކޮޅުވެއްޓި ކުއްޔަށް ހިފާނީ އެ ސަރވިސަސްއިން ކަނޑައަޅާ ދަތުރުގެ ބޭނުމަށް މުދާ ބަރުކުރަން ފަށާ ދުވަހުން ފެށިގެން އެދަތުރު ނިންމައި މުދާ ބާލާ ދުވަހުގެ ނިޔަލަށެވެ.

(ށ)  ކޮޅުވެއްޓި ކުއްޔަށް ހިފާ މުއްދަތުގައި އެ އުޅަނދު ދަތުރުކުރުމަށް ބޭނުންވާ އެންމެހައި ވަސީލަތްތަކާއި އިންތިޒާމުތައް ހަމަޖައްސާނީ ކުއްޔަށް ދޭ ފަރާތުންނެވެ.

(ނ)  މި އުސޫލު ދެމިއޮންނާނީ 1(އެކެއް) އަހަރުދުވަހުގެ މުއްދަތަށެވެ. 

2- މަޢުލޫމާތު ސާފުކުރުމާއި އަންދާސީހިސާބު ހުށަހެޅުން:

 (ހ) މިއީ މި މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ސަރވިސަސްއިން ކުރާ ދެވަނަ އިޢުލާނެވެ.

 (ށ) މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅާނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް ޕަބްލިކް ވަރކްސް ސަރވިސަސްއަށް ހާޒިރުވެއެވެ.

 (ނ) އަންދާސީހިސާބު ހުށަހަޅުއްވާއިރު ކޮޅުވެއްޓި ކުއްޔަށް ދޫކުރާ އަގު ހުށަހަޅާނީ މި އިޢުލާނުގައި ހިމެނޭ ތާވަލާ އެއްގޮތަށެވެ.

 (ރ) އަންދާސީހިސާބު ކަނޑާނީ އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ އެންމެންގެ ހާޒިރުގައެވެ.

 (ބ) މި މަސައްކަތަށް އަގު ހުށަހަޅާއިރު ކުންފުނީގެ ރަޖިސްޓްރޭޝަނުގެ ސެޓުފިކެޓު (އަމިއްލަ ފަރާތެއްނަމަ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ) އާއި، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، އަދި އުޅަނދުގެ ރަޖިސްޓަރީ އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.

 (ޅ) މި މަސައްކަތަށް އަގު ހުށަހަޅާއިރު، މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް ނިންމި ގޮތާމެދު އެކި ފަރާތުން ދީފައިވާ ލިޔުމުގެ ކޮޕީ އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.

 (ކ) މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާއިރު ކުންފުނި ނުވަތަ އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު (ކޮމްޕެނީގެ ޕްރޮފައިލް) ހުށަހަޅަންވާނެއެވެ.

 (އ) އެ ސަރވިސަސްއިން ބޭނުންވެއްޖެ ހިނދެއްގައި އަގު ހުށަހަޅާ ފަރާތްތަކުގެ މެދުގައި އަގު ހުށަހެޅުމާމެދު މަޝްވަރާ ކުރެވިދާނެއެވެ.

3- އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕަބްލިކް ވަރކްސް ސަރވިސަސް                                                                 

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ    

ޢިއްޒުއްދީނުމަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

4- ބިޑު ހުޅުވުން:

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. 

އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް ޕަބްލިކް ވަރކްސް ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.

30 ޛުލްޤަޢިދާ 1437

02 ސެޕްޓެންބަރު 2016
ހޯދާ