ދިވެހިރާއްޖެ
މި މިނިސްޓްރީގެ ޕަބްލިކް ވަރކްސް ސަރވިސަސްގެ ނަންބަރު (IUL)447-PR/1/2016/45 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.
އެ ސަރވިސަސް އަށް ކ. ހިންމަފުށީގައި ހުރި ވެލި މާލެ ގެނައުމަށްޓަކައި ބާޖަކާއި، ބާޖު ދަމާނެ އުޅަނދެއް ކުއްޔަށް ހިފަން ބޭނުންވެއެވެ. މި ބާޖު ކުއްޔަށް ހިފާ މުއްދަތުގައި ބާޖު އޮޕަރޭޓް ކުރުމަށް ހިނގާ ހުރިހާ ޚަރަދެއްގެ ޒިންމާ އުފުލާނީ ބާޖު ކުއްޔަށް ދޭ ފަރާތުންނެވެ. ކުއްޔަށް ދޫކުރެވޭ ބާޖަކީ މަދުވެގެން 6،000 ކޮޑިމީޓަރުގެ ދޮންވެލި އުފުލޭވަރުގެ އުޅަނދަކަށް ވާންވާނެއެވެ.
ހުށަހަޅަންވީ ތަކެތި:
- ކުންފުނީގެ މަޢުލޫމާތު (ކުންފުނީގެ ރެޖިސްޓްރޭޝަނުގެ ސެޓުފިކެޓާއި، ޖީ.އެސް.ޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ)
- މިފަދަ މަސައްކަތް ކުރުމުގައި ލިބިފައިވާ ތަޖުރިބާ (މި ބާވަތުގެ މަސައްކަތްތަކާ ގުޅޭގޮތުން މަސައްކަތް ހަވާލުކުރި ފަރާތުން ދީފައިވާ މަސައްކަތް ނިންމިކަމުގެ ލިއުން.)
އަންދާސީހިސާބު އިވެލުއޭޓް ކުރެވޭނެ ގޮތުގެ ތަފުސީލު
- އަގު: 80 ޕޮއިންޓް
- މަސައްކަތު ތަޖުރިބާ: 20 ޕޮއިންޓް
މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.
އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
ޕަބްލިކް ވަރކްސް ސަރވިސަސް
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ޢިއްޒުއްދީނުމަގު، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ބިޑު ހުޅުވުން:
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 11:00 ގައި ޕަބްލިކް ވަރކްސް ސަރވިސަސްގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު އޮޅުންފިލުއްވުމަށް މި ސަރވިސަސްގެ ނަންބަރު 3020853 ފޯނަށް ގުޅުއްވުން އެދެމެވެ.
30 ޛުލްޤަޢިދާ 1437