މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
މުވައްޒަފުންގެ އޮފިޝަލް އެޓަޔަރ ފެހުމަށް

އިޢުލާން

މި އޮތޯރިޓީން ދޭ ނަމޫނާއާ އެއްގޮތަށް، މި އޮތޯރިޓީގެ މުވައްޒަފުންގެ އޮފިޝަލް އެޓަޔަރ ފަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 17 އޮގަސްޓު 2016 ގައި ކުރި ނަންބަރު IUL)220-AS/1/2016/103) އިޢުލާނާ ގުޅިގެން ތަރުޙީބު ލިބިފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުތަކުގައި މި އޮތޯރިޓީގެ ދެވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  ތާރީޚު ދުވަސް ވަގުތު
 މަޢުލޫމާތު ސާފުކުރުން 7 ސެޕްޓެންބަރު 2016 ބުދަ 15:00
 އަންދާސީހިސާބު ހުށަހެޅުން 18 ސެޕްޓެންބަރު 2016 އާދީއްތަ 15:30

މިކަމަށް އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ޓެލެފޯނު ނަންބަރު: 3339522 އަށް ގުޅުއްވުން އެދެމެވެ. 

28 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016
ހޯދާ