ތިލަދުންމަތީ އުތުރުބުރީ ކެލާ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހައުސްކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

ހައުސްކީޕަރ

ރޭންކް: އެސް.އެސް 1

އަދަދު

1

މަސައްކަތްކުރަންޖެހޭ ތަން

ތިލަދުންމަތީ އުތުރުބުރީ ކެލާ މެޖިސްޓްރޭޓް ކޯޓު

އަސާސީ މުސާރަ

މަހަކު -/3,100 ރުފިޔާ

މިމަޤާމަށް ލިބޭ އެލަވަންސް

- ޖުޑީޝަލް އެލަވަންސް: މުސާރައިގެ %20

- ސަރވިސް އެލަވަންސް: މަހަކު -/1,000 ރުފިޔާ

- ލިވިންގ އެލަވަންސް: މަހަކު -/2,550 ރުފިޔާ

- ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

މަޤާމުގެ މަސްއޫލިއްޔަތު

  • ކޮންމެ ދުވަހަކު ކޯޓު ޢިމާރާތުގެ އެތެރެ ކުނިކަހައި ފޮޅައި ސާފުކުރުމާއި، ކޯޓުގައި ހުރި ފަރުނީޗަރާއި، ސޯކޭސްތަކާއި، ހިފައިގެންގުޅޭ ތަކެއްޗާއި، މެޝިނަރީޒްތަކާއި، ދޮރުތަކާއި، ފާޚާނާ ސާފުކުރުމާއި، ޑަސްބިންތަކުގައި ހުންނަ ކަރުދާސްތަކާއި، ލިޔުންތައް ނަގައި އެއްކުރުން.
  • ކޮންމެ ދުވަހަކު ކޯޓުގެ ގޯތިތެރެއާއި، މަގުމަތި ކުނިކަހައި ވިނަނޮޅައި ސާފުކުރުމާއި، ކުނި އުކާލުމާއި، ކޯޓުގެ ގޯތިތެރޭގައި ހުރި ގަސްގަހަށް ފެންދީ ބެލެހެއްޓުމާއި، ވާރޭނުވެހޭ ދުވަސްތަކުގައި ގޯތިތެރެއާއި މަގުމައްޗަށް ފެންޖެހުން.
  • ކޯޓް ޢިމާރާތުގެ އެތެރެ ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްލުމާއި، ގޮނޑިތަކުގައި ފެންފޮތިލައި ޕޮލިޝްކުރުމާއި، ދޮރުތަކާއި ސޯކޭސްތައް ފޮޅައި ސާފުކުރުމާއި، ހޮޅިބުރިތަކާއި، ފަންކާތަކާއި، އެއަރކޯންތަކާއި، ސީލިންގއާއި، ދިޔަދޮވިތައް ފޮޅައި ދޮވެ ސާފުކުރުމާއި، ގަސްތައް ކޮށައި ސާފުކުރުމާއި، ގަސް އިންދުމާއި ކުނި އުކާލުން.
  • އެކިފަރާތްތަކަށް ހަވާލުކުރަންޖެހޭ ލިޔުންތަކާއި، ތަކެތި ދުވަހުން ދުވަހަށް ހަވާލުކުރުމާއި، އެކިފަރާތްތަކުން ކޯޓަށް ގެންނަންޖެހޭ ތަކެތި ދުވަހަށް ދުވަހަށް ގެނައުން.
  • ކޮންމެ ދުވަހަކު ދިދަ ނަގައި ދިދަ ތިރިކުރުން.
  • މީގެ އިތުރުންވެސް ވެރިން ހަވާލުކުރާ ރަސްމީ މަސައްކަތް ކުރުން.

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު.

2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

4- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

5- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެ މަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ

(އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ)

ސުންގަޑި

2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ 14:00 ގެ ކުރިން ކެލާ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ވަޒީފާއަށް އެދޭ ފޯމު މި ކޯޓުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް: www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅޭނެ ނަންބަރު:6500028
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަންފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މި އިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަންފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް

  • ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭފަދަ ޞިއްޙީ ޙާލަތެއްގައިހުރި ފަރާތަކަށްވުން.
  • ދައުލަތުގެ އިދާރާއަކުން ނުވަތަ ދައުލަތުގެ ސަލާމަތީ އިދާރާއަކުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކާއި ބެކްގްރައުންޑް ޗެކްކުރުމުން ފާސްނުވާ ފަރާތްތަކަށް އިސްކަމެއްނުދެވޭނެއެވެ.

25 ޛުލްޤަޢިދާ 1437

28 އޮގަސްޓް 2016
ހޯދާ