ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލާންޗު ދަތުރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

ލާންޗު ދަތުރު ކޮށްދޭނެ ފަރާތެއް ހޯދުން

މި ޑިޕާޓްމަންޓުން ހިންގާ އޮކްޓޫބަރު/ ނޮވެންބަރުގެ އޯލެވެލް އިމްތިޙާނުތަކާ ގުޅިގެން ރާއްޖޭގެ އެކި ހިސާބުތަކަށް ސުވާލުކަރުދާސް ގެންދިއުމާއި، ޖަވާބު ކަރުދާސް ގެނެސްދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)120/1/2016/52 އިއުލާނަށް އަންދާސީހިސާބު ހުށަހަޅަން އެއްވެސް ފަރާތަކުން ހާޒިރުނުވާތީ އެ އިޢުލާން ބާޠިލުކޮށް އެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 9:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 7 ވާ ބުދަދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މި ޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ 2 ގެ 3 ވަނަ ފަންގިފިލާގައެވެ.

29 ޛުލްޤަޢިދާ 1437

 

01 ސެޕްޓެންބަރު 2016
ހޯދާ