ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ތިން ކޮޓަރީގެ 2 އެޕާޓްމަންޓް ހޯދުމާގުޅޭ

އިޢުލާން

ތިން ކޮޓަރީގެ 2 އެޕާޓްމަންޓް ހޯދުމާގުޅޭ

މި ކުންފުނީގެ މަސައްކަތަށް ނެގޭ ރާއްޖެއިން ބޭރު މުވައްޒަފުންގެ އެކޮމަޑޭޝަން ހަމަޖެއްސުމަށް ހެޑް އޮފީހާއި ކައިރި ސަރަޙައްދަކުން 3 (ތިނެއް) ކޮޓަރީގެ 2 (ދޭއް) އެޕާޓްމަންޓު ދިގު މުއްދަތަށް ކުއްޔަށްހިފަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 13:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވާލީމެވެ.

29 ޛުލްޤަޢިދާ 1437

01 ސެޕްޓެންބަރު 2016
ހޯދާ