ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އިންޖިނިއަރިންގއާ ގުޅޭ ބައެއް ތަކެތި ވިއްކާނެ ފަރާތެއް ހޯދުމަށް

އިޢުލާން

ޕްރޮޕޯޒަލް ހުށަހެޅުއްވުމުގެ ދަޢުވަތު:

ޕީ.އެސް.އެމް. އަށް ގަންނަން ބޭނުންވާ "އިންޖިނިއަރިންގއާ ގުޅޭ ބައެއް ތަކެތި" ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި ކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 13:00 އަށް ޕީ.އެސް.އެމް. ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 13:00 އަށް ޕީ.އެސް.އެމް. ގެ ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ ޕްރޮޕޯޒަލް ހުށަހެޅުން އެދެމެވެ.

ޕްރޮޕޯޒަލް ހުށަހަޅާއިރު މިކަމަށް މަޢުލޫމާތު ދިނުމަށް ބޭއްވޭ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރުމަށްފަހު، ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެއެވެ.

26 ޛުލްޤަޢިދާ 1437 

29 އޮގަސްޓް 2016
ހޯދާ