ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެޗް.އާރު ސޮފްޓްވެއަރ ގަންނަން ބޭނުންވެއްޖެ

އިޢުލާން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް އައިޓީ އިކްއިޕްމަންޓްސް ގަންނަން ބޭނުންވެގެން ކުރި އިޢުލާން ނަންބަރު 277/MNU-CA-FNP/2016 ގައިވާ އެޗް.އާރު ސޮފްޓްވެއަރއަށް 3 ފަރާތުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އައިޓަމް ބާޠިލުކޮށް އަލުން އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލައިފީމެވެ.

ވީމާ، ބަޔާން ކުރެވިފައިވާ ސޮފްޓްވެއަރ ވިއްކެވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 5 ވަނަ ދުވަހުގެ 13:30 އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 13:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން އޮންނަގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

28 ޛުލްޤަޢިދާ 1437

31 އޮގަސްޓް 2016
ހޯދާ