މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ގދ. ތިނަދޫ މިއުޒިއަމް ޕާރކަށް ބޭނުންވާ ގަސްތައް ގެނައުމަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލުން

އިޢުލާން

މި މިނިސްޓްރީގެ ފަރާތުން ހުވަދު އަތޮޅު ދެކުނުބުރީ (ގދ) ތިނަދޫގައި ތަރައްޤީ ކުރަމުންދާ މިއުޒިއަމް ޕާރކަށް ބޭނުންވާ ގަސް ރާއްޖެއިން ބޭރުން ގެނެސްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ފުރަތަމަ އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ މި ފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގޮތަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައިގަންނަވާނީ ހަމައެކަނި މަޢުލޫމާތު ސާފުރުކުރައްވަން ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. 

މަޢުލޫމާތު ބައްދަލުވުން

2016 ސެޕްޓެންބަރު 8 ވާ ދުވަހުގެ 11:00 އަށް

ބިޑް ހުޅުންވުން

2016 ސެޕްޓެންބަރު 19 ވާ ދުވަހުގެ 11:00 އަށް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް

ފޯނު: 3004300  /  3004120

ފެކްސް: 3004301

 

31 އޮގަސްޓް 2016
ހޯދާ