މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އޮފިސަރ މާރޗަންޑައިޒް
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޑިއުޓީ ފްރީ

ޝަރުޠު:

  • ބިޒްނަސް މެނޭޖްމަންޓް އެޑްމިނިސްޓްރޭޝަންއިން ބެޗްލަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން ނުވަތަ 1 އަހަރުދުވަހު މާރޗަންޑައިޒް/ ރީޓެއިލް ދާއިރާއިން މަސައްކަތްކޮށްފައިވުން.

  • މަޤާމުގެ މަސައްކަތްކުރުމުގެ ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުން، (މަޤާމުގެ ދާއިރާއަކުން ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެެވެ.)

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ޕްލޭންތައް ހަދައި ބެލެހެއްޓުމާއި ސަޕްލްޔަރުންނާއި ގާތްގުޅުމެއް ދަމަހައްޓާ މުދާތައް ބެލެހެއްޓުން.

މުދާތަކުގެ އަގު ހަދައި، ސީޒަންތަކަށައި ޕްރޮމޯޝަންތަކަށް މާރޗަންޑައިޒް ޕްލޭންތައް ހެދުމާއި، ކުންފުނީގެ މާލީ ލަނޑުދަނޑިތައް ހާސިލުކުރުން.

މަޤާމް :ސުޕަވައިޒަރ، ސޭލްސް
ބޭނުންވާ އަދަދު :2

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޑިއުޓީ ފްރީ

ޝަރުޠު:

  • ޖީ.ސީ އޭ ލެވެލް 2 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން އަދި މަޤާމާ ގުޅޭ ދާއިރާއިން މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވުން
  • މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭ، ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ގުޅިގެން މަަސައްކަތްކޮށް ނަތީޖާ ނެރެވޭ ރަނގަޅު ޓީމެއް އެކުލަވައިލުން
  • ޑިއުޓީ ފްރީގެ ސޭލްސް ޓީމަކީ ލަގްޒަރީ ފިހާރައަކުން ދޭ ފަދަ ފެންވަރު ރަނގަޅު ޚިދުމަތެއް ދެވޭފަދަ ބައަކަށް ހެދުން

ސޭލްސް ޓާގެޓަށް ވާސިލުވުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން ކުރުމާއި ސްޓޯ އޮޕަރޭޝަންގެ އެންމެހައި ކަންކަން މޮނީޓަރ ކުރުން

މަޤާމް :އެސިސްޓަންޓް އޮފިސަރ، ސޭލްސް
ބޭނުންވާ އަދަދު :5

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޑިއުޓީ ފްރީ

ޝަރުޠު:

  • އިނގިރޭސި ހިމެނޭގޮތަށް ޖީ.ސީ.އީ އޯ ލެވެލް 2 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
  • މި ދާއިރާގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން.
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭ، ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން.
  • ރަޝިއަން، ޖާރމަން، މަންޑަރިން ނުވަތަ ކޮރިއަން ބަސް ދަންނަ މީހުންނަށް އިސްކަންދެވޭނެ.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ސޭލްސް އެސިސްޓަންޓުންގެ ޒިންމާއަކީ މުޅި ޑިއުޓީ ފްރީ ފިހާރަ ރަމްޒުކޮށްދިނުން. އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަގޮތުގައި ޚިދުމަތްކޮށްދިނުމާއި ވިޔަފާރި އިތުރުކުރުން.

ކުންފުނީގެ އުސޫލާ އެއްގޮތަށް ވިޔަފާރީގެ މުޢާމަލާތް އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުން.

މަޤާމް :އެސިސްޓަންޓް އޮފިސަރ، ކޭޝިއަރ
ބޭނުންވާ އަދަދު :5

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ) / ޑިއުޓީ ފްރީ

ޝަރުޠު:

  • ހިސާބު ނުވަތަ އެކައުންޓިންގ ހިމެނޭގޮތަށް ޖީ.ސީ.އީ އޯ ލެވެލް 2 މާއްދާ އިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން
  • މި ދާއިރާގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މީހުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ހުރުން
  • ޝިފްޓް ޑިއުޓީ އުސޫލުން މަސައްކަތް ކުރެވޭ، ޞިއްޙަތު ރަނގަޅު މީހެއް ކަމުގައިވުން
  • ރަޝިއަން، ޖާރމަން، މަންޑަރިން ނުވަތަ ކޮރިއަން ބަސް ދަންނަ މީހުންނަށް އިސްކަންދެވޭނެ

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  • ކޭޝް ކައުންޓަރަށް އަންނަ ކަސްޓަމަރުންނަށް ހިނިތުންވުމާއެކު މުޢާމަލާތްކުރުން

ކޭޝް ނުވަތަ ކްރެޑިޓްކާޑް ނުވަތަ އެނޫންވެސް ކާޑަކުން މުދަލުގެ އަގު ނަގާއިރު ކުންފުނީގެ  އެސް.އޯ.ޕީއާ އެއްގޮތްވާ ގޮތުގެ މަތިން ޓްރާންސެކްޝަންތައް ހެދުން

ހުށަހަޅަންޖެހޭ ލިޔުންތައް:  

- ވަޒީފާއަށް އެދޭ ސިޓީ

- ވަޒީފާއަށްލާ ފަރާތުގެ ވަނަވަރު (ސީ.ވީ)

- އެޓެސްޓް ކުރެވިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ

- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ  

- އެހެން އޮފީހެއްގައި ވަޒީފާ އަދާކުރާ ނުވަތަ އަދާކުރި ފަރާތެއްނަމަ، އެ އޮފީހެއްގައި މަސައްކަތް ކުރާކަން ނުވަތަ ކުރިކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ

- ޕާސްޕޯޓް ސައިޒް ފޮޓޯ

- މުއްދަތު ހަމަނުވާ ޕޮލިސް ރިޕޯޓު ކޮޕީ

ކުރިމަތިލުމުގެ ސުންގަޑި: 2016 ސެޕްޓެންބަރު 7 ވަނަ ދުވަހުގެ 15:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސް ކުރައްވާނީ:

ޑިއުޓީ ފްރީ އޮފީސް، 02 ވަނަ ފަންގިފިލާ، SSQ 2

އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް

ހުޅުލެ ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު : ފޯނު –  3337346

ނޯޓު: މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީ ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

30 އޮގަސްޓް 2016
ހޯދާ