މާލެއަތޮޅު ހުރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
100 ޓަނުގެ ފިއުލް ޓޭންކެއް ބަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

އިޢުލާން

ކ.ހުރާ ކައުންސިލުގެ ފަރާތުން ހިންގަމުން އަންނަ ހުރާ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ރައްކާކުރުމަށްޓަކައި 100 ޓަނުގެ "ފިއުލް ޓޭންކެއް" ބަހައްޓައިދޭނެ ފަރާތެއް ހޯދުމާބެހޭ

ކ. ހުރާ ކައުންސިލުގެ ފަރާތުން ހިންގަމުން އަންނަ ހުރާ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ރައްކާކުރުމަށްޓަކައި 100 ޓަނުގެ "ފިއުލް ޓޭންކެއް" ސަޕްލައިކޮށް އިންސްޓޯލް ކުރުމާއި، ޓޭންކަށް ބޭނުންވާ ފައުންޑޭޝަން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނަށް ހުށަހަޅާފައިވާ ބިޑްތަކުގެ މަޢުލޫމާތު ފުރިހަމަ ނުވުމުން އަލުން އިޢުލާން ކުރަމެވެ.

މަޢުލޫމާތު ސާފުކުރުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:30 ގައި ކައުންސިލު އިދާރާގައި އޮންނާނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް ބިޑް ހުށަނޭޅޭނެ ވާހަކަވެސް ދަންނަވަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ކަންކަން ފުރިހަމަކޮށް ބިޑް ހުށަހެޅުމަށް ދަންނަވަމެވެ.

1- ޓޭންކް ބަނުމަށް ބޭނުންވާ ދަގަނޑުފިލާގެ ބޯމިން

2- ޓޭންކުގެ އުސްމިނާއި ފުޅާމިން އެނގޭނެ ފަދަ ކުރެހުމެއް

3- ޓޭންކް ބަނދެދޭނެ އަގު

4- ޓޭންކް ބަނުމަށް ހޭދަވާނެ މުއްދަތު

5- އަގު އަދާކުރަން އެދޭގޮތުގެ ތަފުސީލު

6- ވޮރެންޓީގެ މުއްދަތު

26 ޛުލްޤަޢިދާ 1437 

29 އޮގަސްޓް 2016
ހޯދާ