ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާބާތުރަފިލުވުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން

އިޢުލާން

ޣުފްރާން މިސްކިތުގެ އާބާތުރަފިލުވުމަށް ކުރެވޭ މަސައްކަތާގުޅޭ

މި އިދާރާގެ ނަންބަރު: (IUL)251-MS/251/2016/78 18 އޮގަސްޓު 2016 ގައި ކުރި އިޢުލާން ބާޠިލުކޮށްފީމެވެ. އަދި ދަންނަވަމެވެ. މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. ދިއްދޫ މަސްޖިދުލް ޣުފްރާނުގެ އާބާތުރަ ފިލުވުމުގެ ގޮތުން ކުރެވޭ ބައެއް މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ސެޕްޓެންބަރު 19 ވާ ހޯމަދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވުމަށް ކަނޑައެޅިފައިވާ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކާއި، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް އެހެންބޭފުޅެއްގެ ފަރާތުން ވަޑައިގަންނަވާނަމަ، ބަދަލުގައި ފޮނުއްވާ ފަރާތް ބަޔާންކޮށް، މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތުގެ ސިޓީއެއް ހުށަހަޅަންވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 ޛުލްޤަޢިދާ 1437

28 އޮގަސްޓް 2016
ހޯދާ