ދިވެހިރާއްޖެ
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
މި ސްކޫލުން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މި ސްކޫލުގެ ސްޕޯޓްސް ޔުނިފޯމް ފަހައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 11:00 ގައި |
އަންދާސީހިސާބު ހުށަހެޅުއްވުމާއި ކެނޑުން |
2016 ސެޕްޓެންބަރު 18 ވާ އާދީއްތަދުވަހުގެ 10:00 ގައި |
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.