ގުޅިފަޅު އިންވެސްޓްމަންޓް ލިމިޓެޑް
ދިވެހިރާއްޖެ
ލޭބަރ ޕާރކެއް ޤާއިމުކޮށް، ބަލަހައްޓައި، ހިންގުމަށް

އިޢުލާން

ގުޅިފަޅުގައި "ލޭބަރ ޕާރކް" އެއް ޤާއިމުކޮށް، ބަލަހައްޓައި، ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުން ދިރިއުޅޭނެ ރަނގަޅު މާޙައުލެއް ޤާއިމު ކުރުމަށްޓަކައި ދިވެހި ސަރުކާރުގެ އިސްނެންގެވުމަށް ގުޅިފަޅުގައި "ލޭބަރ ޕާރކް" އެއް ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ.

ގުޅިފަޅުގައި ލޭބަރ ޕާރކެއް ޤާއިމުކުރުމަށްޓަކައި ގުޅިފަޅު އިންވެސްޓްމެންޓް ލިމިޓެޑުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ހުޅުވާލަމެވެ. "ލޭބަރ ޕާރކެއް" ތަރައްޤީކޮށް ހިންގައި އަދި ޚިދުމަތްތައް ފޯރުކޮށްދިނުމަށް (ލޭބަރ ކްއާޓަރ އިމާރާތް ކުރުމާއި، ކައްކާ ތަން، މެސް ރޫމް، މުނިފޫހިފިލުވުމަށް ޚާއްޞަކޮށް ހެދޭ ތަންތަން އަދި އެހެނިހެން ޚިދުމަތްތައް) ޖީ.އައި.އެލް އިން ކަނޑައަޅާ ގަވާއިދުތަކާ އެއްގޮތަށް ކުރިޔަށް ގެންދިޔުން ހިމެނެއެވެ.

"ލޭބަރ ޕާރކް" ތަރައްޤީކޮށް ހިންގުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީ.އޯ.އައި) މި އޮފީހަށް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 22 ވާ ބުރާސްފަތިދުވަހުގެ ކުރިން ސިޓީއަކުން، ކޮމްޕެނީގެ ޕްރޮފައިލާއެކު އީ.އޯ.އައި ހުށަހެޅުއްވުން އެދެމެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އީ.އޯ.އައި ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ގުޅިފަޅުގައި ލޭބަރ ޕާރކް ތަރައްޤީކޮށް ހިންގައި ބެލެހެއްޓުމުގެ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" މިހެން ލިޔެފައި އޮންނަންވާނެއެވެ.

"ލޭބަރ ޕާރކް" ޤާއިމުކުރުމަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ހުޅުވާލެވޭނީ ހަމައެކަނި އީ.އޯ.އައި ހުށަހަޅުއްވާ ފަރާތްތަކަށެވެ.

ޝައުޤުވެރިވެލައްވާ ފަރާތްތަކުން އިތުރު މަޢުލޫމަތު ބޭނުންވެލައްވާނަމަ، މުއްދަތު ހަމަވުމުގެ 3 ދުވަސް ކުރިން މަޢުލޫމާތު ސާފުކުރެއްވުމަށް ލިޔުމުން ނުވަތަ މެއިލުން ހުށަހެޅުއްވުން އެދެމެވެ.

ގުޅިފަޅު އިންވެސްޓްމަންޓްސް ލިމިޓެޑް

ދެވަނަ ފަންގިފިލާ ، ހ.އާގަދަގެ

ބޮޑުތަކުރުފާނު މަގު،

މާލެ، ދިވެހިރާއްޖެ

ފޯން ނަންބަރު: 3016630

ފެކްސް ނަންބަރު: 3016632

އީމެއިލް: [email protected]

ވެބްސައިޓް: www.gil.mv

30 އޮގަސްޓް 2016
ހޯދާ