ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓަރ

ވަޒީފާގެ ފުރުޞަތު

މަޤާމު :           އެޑްމިނިސްޓްރޭޓަރ
ބޭނުންވާ އަދަދު:      1
މަޤާމްގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޑިރެކްޓަރ 1
ރޭންކް:          އެމް.އެސް 3
މުސާރަ:          މަހަކު -/7035 ރުފިރާ
ސަރވިސް އެލެވަންސް: މަހަކު -/2000 ރުފިޔާ
އިތުރު ގަޑި: އިތުރުގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވަޒީފާއަދާ ކުރަންޖެހޭ ތަން: ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިޔުކޭޝަން / މާލެ
އަސާސީ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުން ހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތުތައް:

* އޮފީސް ހުޅުވައި ލެއްޕުމުގެ ކަންތައްތައް ބެލެހެއްޓުން.
* އަލަށް މާލެއަށް އަންނަ ޓީޗަރުން ބޭތިއްބުމުގެ ކަންތައްތަކާއި ވިސާ އަދި ވާރކްޕަރމިޓްގެ ކަންތައްތައް ދުވަހުން ދުވަހަށް ބަލަހައްޓައި ކުރިއަށް ގެންދެއްވުން.
* ޔައުމިއްޔާ ލިޔުއްވުމާއި ފައިލުކުރުމުގެ މަސައްކަތް ޙަވާލުކުރެވިފައިވާ މުވައްޒަފުން އެކަންކުރާ ގޮތް ބެލުން.
* ތިޖޫރީއާއި ފައިސާއާ ބެހޭ މަސައްކަތްތައް ބެލެހެއްޓުން.
* މުވައްޒަފުންގެ ރަޖިސްޓަރީ ކަންތައްތައް ބެލެހެއްޓުން.
* މި ސެންޓަރުގެ ހުރިހާ އެކައުންޓްތަކުގެ ކަންތައްތައް ބެލެހެއްޓުން.
* މުވައްޒަފުންގެ ހާޒިރީއާއި ޓީޗަރުންގެ ހާޒިރީ ބެލެހެއްޓުން.
* ޢިމާރާތާއި ފަރުނީޗަރާއި އަދި އެހެނިހެން ތަކެތި މަރާމާތު ކުރުމުގެ ކަންތައް ބެލެހެއްޓުން.
* މުވައްޒަފުންނާ ހަވާލުކުރެވޭ މަސައްކަތްތައް ގަވާއިދުން ކުރޭތޯ ބެލުން.
* މަސައްކަތު މީހުންގެ މަސައްކަތްތައް ކުރަމުން ދާގޮތް ގަވާއިދުން ބެލެހެއްޓުން.
* އެކި މުނާސަބަތުތަކަށް ހޯލް އަދި ކްލާސް ރޫމްތައް ކަނޑައަޅޭ ތާވަލާ އެއްގޮތަށް މަސައްކަތު މީހުން ލައްވާ ތައްޔާރު ކުރެއްވުން.
* ސްކޫލް ބޯޑުގެ މަސައްކަތާއި މާލިއްޔަތު ގަވާއިދާ އެއްގޮތަށް ކަންތައްތައް ކުރެއްވުން.
* ސްކޫލުގެ ކުރިއެރުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތަކެއް ކުރެއްވުން.
* މުސާރަ ދިނުމުގެ މަސައްކަތް ބެލެހެއްޓުން.
* މުވައްޒަފުންގެ ޗުއްޓީގެ ކަންތައް މަސައްކަތަށް ދަތިނުވާނެހެން ރާވައި ބެލެހެއްޓުން
* މުވައްޒަފުންގެ ސަލާމުގެ ކަންތައް ބެލެހެއްޓުން
* އެގްޒާމުތަކަށް ގޮނޑި މޭޒު ފަދަ ތަކެތި ޖެހުމުގެ ކަންތައް ބެލެހެއްޓުން

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެކަންތައްތައް

• ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން
• މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން
• ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން
• ޕްރެޒެންޓޭޝަން ހުށަހެޅުން

އިންޓަރވިއުކުރުން

• މިމަޤާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 20 ސެޕްޓެންބަރު 2016 އާއި 22 ސެޕްޓެންބަރު 2016 އާ ދެމެދުގެ ތާރީޚެއްގައެވެ.
• އަދި މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސްމެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިޔާއެއްގެ ދަށުން، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

1. ސިވިލް ސަރވިސްގެ ވަޒީފާ އަށް އެދޭ ފޯމު (މި ފޯމު މި ސެންޓަރުގެ ކައުންޓަރުން ބަންދު ނޫން ކޮންމެ ދުވަހަކު 9:30 ން 13:30 އަށް ލިބެން ހުންނާނެއެވެ . އަދި މި ސެންޓަރުގެ ވެބްސައިޓުންނާއި ސިވިލް ސަރވިސްގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެވެން ހުންނާނެވެ.)
2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
3. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
4 ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު /ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
5 ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް އެ އޮފީހަކުން ތައްގަނޑުޖަހާފައިވާ)
6 ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ދޫކުރުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ތައްގަނޑުޖެހި ލިޔުމެއްް އަދި އުޅެފައިވާ މަޤާމު، ރޭންކް މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުން.

ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިލަތިލައްވަން އެދިވަޑަގަންނަވާ ބޭފުޅުން މަތީގައި މިވާ ލިޔުންތައް 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ މެންދުފަހު 13:30 ގެ ކުރިން މި ސެންޓަރަށް ހުށަހެޅުއްވުން އެދެމެވެ.

ނޯޓު:

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާރކްސް ލިބޭ، އަދި އެންމެ ޤާބިލު ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނޭއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި ސްކޫލުގެ ނަންބަރު 3321330 އާ ގުޅުއްވުން އެދެމެވެ.

29 އޮގަސްޓް 2016
ހޯދާ