މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަސައްކަތު

ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުހަބާ ދަންނަވަމެވެ. މިވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

މަސައްކަތު

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޝަން / މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ބޭނުންވާ އަދަދު

01

ރޭންކް: SS1

ކްލެސިފިކޭޝަން

ސަޕޯޓް އޮފިސަރ ގްރޭޑް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު: -/1000 ރުފިޔާ

ރިސްކު އެލަވަންސް

ރިސްކް އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ތަޢުލީމާއި ތަޖުރިބާ

ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • އެމް.އެފް.ޑީ.އޭގެ ސީޕޯޓް ފާމަސޫޓިކަލް ޔުނިޓް އަދި އެއަރޕޯޓް ފާމަސޫޓިކަލް ޔުނިޓް ކުނިކަހައި، މޮޕްލައި، ފޮޅައި ސާފުކޮށް ސީޕޯޓުގައި ހުންނަ ފާޚާނަ ދޮވެ ސާފުކުރަން. އަދި މި ޔުނިޓްތަކަށް ގެންދަންޖެހޭ ތަކެތި ގެންދިއުން.
  • އެމް.އެފް.ޑީ.އޭގެ ހުޅުލޭގައި ހުންނަ އޮފިޝަލް ކޮންޓްރޯލް ހެލްތު ސެޓްފިކޭޝަންޔުނިޓް ކުނިކަހައި މޮޕްލައި ފޮޅައި ސާފުކުރުން. އަދި އެ ޔުނިޓަށް ގެންދަންޖެހޭ ތަކެތި ގެންދިއުން.
  • އެމް.އެފް.ޑީ.އޭގެ ޕޯޓް ޔުނިޓް (އެއަރޕޯޓާއި ސީޕޯޓް) ކުނިކަހައި މޮޕްލައި ފޮޅައި ސާފުކުރުން. އަދި އެ ޔުނިޓްތަކަށް ގެންދަންޖެހޭ ތަކެތި ގެންދިއުން.
  • އެމް.އެފް.ޑީ.އޭ ގައި ބޭއްވޭ މީޓިންގތަކާއި ހަފުލާތަކުގައި ކެއުމާއި ސައި ތައްޔާރުކޮށް ބެލެހެއްޓުން.
  • އެމް.އެފް.ޑީ.އޭގެ ޑިވިޜަންތަކުން އެހެން ތަންތަނަށް ފޮނުވަންޖެހޭ ތަކެތި އެ ތަންތަނަށް ގެންދިއުމާއި ހަވާލުކުރުން.
  • ހަމަޖެހިފައިވާ އުސޫލުން އެމް.އެފް.ޑީ.އޭ ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްލައި، ފާޚާނާ ސާފުކުރުން.
  • އޮފީހުގައި ދިމާވާ އެހެނިހެން ކަންތައްތަކުގައި ބޭނުންވެއްޖެ ހިނދެއްގައި އެހީތެރިވުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.

އިނާޔަތްތައް

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށްއެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2016 ސެޕްޓެންބަރު 27 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހު މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި.

ނޯޓު: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014400 / 3014437 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

30 އޮގަސްޓް 2016
ހޯދާ