މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
އޮގްޒިލަރީ ފަޔަރމަން

ވަޒީފާގެ ފުރުޞަތު

އެމް.އެން.ޑީ.އެފްގެ ރީޖަނަލް ފަޔަރ ސަރވިސްގެ ޚިދުމަތަށް ކޮންޓްރެކްޓް އުސޫލުން މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

ސްޓޭޝަން

ބޭނުންވާ އަދަދު

މަސައްކަތް ކުރަންޖެހޭ ތަން

ޅ. ނައިފަރު ފަޔަރ ސްޓޭޝަން

2

ޅ. ނައިފަރު

މަޤާމު:

އޮގްޒިލަރީ ފަޔަރމަން

މުސާރަ:

(މަހަކު) -/4465 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/1500 ރުފިޔާ

ފެންވަރު ނުވަތަ ޝަރުޠު:

 

  • ޖީ.ސީ.އީ އޯ ލެވެލް ފެންވަރު ހުރުން.
  • އިސްކޮޅުން 5 ފޫޓު 5 އިންޗި ހުރުމާއި، ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހަކު ކަމުގައިވުމާއި، އަދި އުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • މީގެ އިތުރުން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންދޭ ޢިލްމީ އަދި ޢަމަލީ އިމްތިޙާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި އެ ރަށެއްގެ ރަށްވެހިންނަށާއި، މިފަދަ މަސައްކަތުގެ ތަޖުރިބާއާއި ޓްރޭނިންގ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

 

އޮގްޒިލަރީ ފަޔަރމަނުންގެ މަސްއޫލިއްޔަތަކީ އެކިއެކި ހާދިސާތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުމެވެ. މީގެއިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސް ތަންތަނަށް އަރައިއުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލައި ގެންގުޅުމުގެ އިތުރުން ތަކެތި ނައްތާލަންޖެހުންވެސް ހިމެނެއެވެ.

އިތުރު މަޢުލޫމާތު

މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވައި 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ޅ. އަތޮޅު ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

އިތުރު މައްލޫމާތު ހޯއްދެވުމަށް 3322601 އެކްސްޓެންޝަން 4281 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ