މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:   ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

މުސާރަ:  މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2،000 ރުފިޔާ

މަޤާމުގެ ރޭންކް: އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  ބިއުރޯ

ޝަރުޠު:

1- އޮފީސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

2- އޮފީސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ

3- އޮފީސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ

4- އޮފީސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މެނޭޖްމަންޓުގެ ދާއިރާއިން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- ބިއުރޯއިން ބާއްވާ ބައްދަލުވުންތަކުގެ ޔަޢުމިއްޔާއާއި ބައްދަލުވުންތަކުން ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި، ލިޔެކިޔުންތައް ބެލެހެއްޓުން

2- ޑިޕާޓްމަންޓުގެ ވެރިންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި ވިލަރެސްކުރުން

3- ސީނިއަރ ސްޓާފުންނާއެކު ބާއްވާ ބައްދަލުވުންތަކުގައި ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި ވިލަރެސްކުރުން

4- އެޗް.އާރް.އެމް.ޑީ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވުމާއި ޔަޢުމިއްޔާ ލިޔެ ބެލެހެއްޓުމާއި ކޮމިޓީގެ ލިޔެކިޔުންތައް ބެލެހެއްޓުމާއި ކޮމިޓީގެ މެންބަރުންނަށް ޔަޢުމިއްޔާ ފޮނުވުން

5- ބިއުރޯއަށް ލިބޭ ލިޔުންތަކަށް މިނިސްޓަރު އަދި ޕީ.އެސްގެ ލަފާއާއެކު ޖަވާބުދިނުމަށްފަހު ފައިލުކުރުން

6- ބިއުރޯއިން ރާވާ ދަތުރުތަކުގެ ހުއްދަ ހޯދުމާއި ދަތުރުގެ އެހެނިހެން ކަންކަން ހަމަޖެއްސުން

7- ސެކްޝަންތަކާއެކު ވަކިން ބާއްވާ ބައްދަލުވުންތަކުގައި ނިންމާ ކަންތައްތައް ކުރިއަށްދާ ގޮތް ބަލައި، ލިޔެކިޔުންތައް ބެލެހެއްޓުމާއި ސެކްޝަންތަކަށް ޔައުމިއްޔާ ފޮނުވާތޯ ބެލުން

8- ޑިޕާޓްމަންޓްތަކުން މަހުން މަހަށް ފޮނުވާ މަންތުލީ ރިޕޯޓުތަކުގެ ސްޓޭޓަސް ބެލެހެއްޓުން

9- ސެކްޝަންގެ ދުވަހުގެ ޔަޢުމިއްޔާ ގަވާއިދުން އެޑްމިނިސްޓްރޭޝަން ސެކްޝަނަށް ފޮނުވާތޯ ބެލުން

10- ބިއުރޯގެ މުވައްޒަފުންގެ މަސައްކަތްތައް ބެލެހެއްޓުން

ނޯޓު:

- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 ސުންގަޑި: 2016 ސެޕްޓެންބަރު 4 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން

  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 3347465 ނަންބަރު ފޯނަށެވެ.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ