ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ހުޅުމާލެ މަރްކަޒުގައި ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 ފަށަނީ

އިޢުލާން

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ހުޅުމާލޭގައި ހިންގަމުންދާ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފީގައި މި އަހަރު ސެޕްޓެންބަރ މަހުގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ޤާރީ ކޯސް ސެޓުފިކެޓު ލެވެލް 1

ޝަރުޠު:

1- ފަށާ ތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )

2- އުމުރުން 14 އަހަރު ފުރިފައިވުން.

3- މަރުކަޒުން ދޭ ޓެސްޓަކާއި އިންޓަވިއުއިން ފާސްވުން.

މުއްދަތު:  8 ހަފުތާ

ވީމާ، މި ކޯހުގައި ބައިވެރިވުމަށް އެދޭފޯމު ދޫކުރުމާއި ބަލައިގަތުން ހުޅުމާލޭގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރްކަޒުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން 18:00 އަށް ދޫކުރަމުން ގެންދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 2016 ސެޕްޓެންބަރ 4 ވާ އާދީއްތަ ދުވަހުގެ 18:00 ގެ ކުރިން ފޯމު ފުރުއްވުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓް ކުރެވިފައިވާ) ކޮޕީއާއެކު ހުޅުމާލޭގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ހުށަހެޅުއްވުން އެދެމެވެ.

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ