މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން:  ކޮމްޕިޔުޓަރ ޓެކްނީޝަން

މުސާރަ: މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/2000 ރުފިޔާ

ރޭންކް: އެމް.އެސް 1

ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން:  އައި.ޓީ ޑިޕާޓްމަންޓް

ޝަރުޠު:

1- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

3- އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ޕްރޮގްރާމިންގ ނުވަތަ ސޮފްޓްވެއަރގެ ދާއިރާއަކުން ލެވެލް 4 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1- މިނިސްޓްރީގެ ސާވަރއާއި ނެޓްވާރކަށް ދިމާވާ މައްސަލަތައް ވަކިވަކިން ބަލައި ހައްލުކުރުން.

2- ނެޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅިގެން އީ ގަވަރމަންޓް ސިސްޓަމް މިނިސްޓްރީގައި ބެލެހެއްޓުން

3- ނެޓްވާރކުގެ ތެރޭގައި ހިމެނޭ ނެޓްވާރކުގެ ސާވަރތައް ބެލެހެއްޓުން.

4- އެހެން އިމާރާތްތަކުގައި ހުންނަ މިނިސްޓްރީގެ ސެކްޝަންތަކުގެ ކޮމްޕިޔުޓަރާއި ނެޓްވާރކަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ހައްލުކުރުން.

5- އައިޓީގެ އެހެން މުވައްޒަފަކު ސަލާމުގައާއި ޗުއްޓީގައި ހުންނަ ދުވަސްތަކުގައި އެ މުވައްޒަފަކާ ހަވާލުކުރެވިފައިވާ މަސައްކަތް ކުރުން.

6- މިނިސްޓްރީގެ އިންޓްރާނެޓާ ގުޅުންހުރި މަސައްކަތް ކުރުން

7- އައި.ޓީ ސެކްޝަންގެ ޔައުމިއްޔާ ތައްޔާރުކޮށް ބެލެހެއްޓުން.

8- މިނިސްޓްރީގެ އާ ވެބްސައިޓަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ބަލައި ޙައްލުކުރުން.

ނޯޓް:

- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި، މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.

- މި މަޤާމުގެ އިންޓަރވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަރވިއު އޮންނާނީ، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓު ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަރވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްނަމަ، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓް ކޮށްފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 14:00 ގެ ކުރިން
  • އެޕްލިކޭޝަން ހުށަހަޅަންވީ ތަން: ވެލާނާގޭގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއަށް
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް.

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ