އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޓެންޑެންޓުގެ މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމް :އެޓެންޑެންޓް
ބޭނުންވާ އަދަދު :5

ވަޒީފާގެ ފުރުޞަތު   

އެޓެންޑެންޓުންގެ މަޤާމަށް މީހުން ހޯދުމަށް 19 ޖޫން 2016ގައި މި ހޮސްޕިޓަލުން ކޮށްފައިވާ 137-HR/IU/2016/96 ނަންބަރުގެ އިޢުލާނާ ގުޅިގެން ކުރިމަތިލައްވާފައިވާ ފަރާތްތަކާއި އިންޓަރވިއުކުރުމަށްފަހު އިޢުލާން ކުރި އަދަދަށް އެކަށީގެންވާ މީހުން ލިބިފައިނުވާތީ، އެ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

މަޤާމު:

އެޓެންޑެންޓް

ބޭނުންވާ އަދަދު:

5 (ފަހެއް)

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2 

މަޤާމުގެ ރޭންކް: SS2

މުސާރަ:

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/100 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން:

ނަރސިންގ ޑިޕާޓްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކޮންމެ ޑިއުޓީއެއްގައި ވާރޑް ކުނިކަހައި ފެންފޮތިލައި ސާފުކުރުން.
  2. ފާޚާނާތަކާއި ޔުޓިލިޓީ ކޮޓަރިއާ ސިންކުތައް ސާފުކުރުން.
  3. ބަލިމީހުންނަށް ޚިދުމަތް ދިނުމުގައި ނަރުހުންނަށް އެހީތެރިވެދިނުން.
  4. ވާރޑުގައި ގެންގުޅޭ ތަކެތި އޮޓޮކްލޭވް ކުރުމަށް ސީ.އެސް.އެސް.ޑީ އަށް ގެންގޮސް ގެނައުމާއި، ލިނަންގެ އިންވެންޓްރީ ބެލެހެއްޓުން.
  5. ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމާއި، އަދި ބަލިމީހުން އެކްސްރޭ އީ.ސީ.ޖީ އަދި ތިއޭޓަރ ފަދަ ތަންތަނަށް ގެންދިއުން.

ތަޢުލީމާއި ތަޖުރިބާ:

 

 

  1. މަސައްކަތު މީހެއް ނުވަތަ އެޓެންޑެންޓެއްގެ މަސައްކަތްކުރުމުގެ 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ
  3. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައްކުރަން އެނގުން. އަދި އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން.

މި މަޤާމަށް އެންމެ ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންކަން:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. (މިގޮތުން މި މަސައްކަތް ކުރުމުގެ ޖިސްމާނީ ޤާބިލުކަމާއި ނަފުސާނީ ޤާބިލުކަންހުރި މިންވަރު ބެލޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައްް:

 

 

 

  1. ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތައުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މި ލިޔުންތަކަކީ ދިވެހިރާއްޖޭގެ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތަކުން ދީފައިވާ ލިޔުންތަކަށްވާނަމަ، އެކްރެޑިޓްކުރާކަށް ނުޖެހޭނެއެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހަދާފައިވާ ކޯހެއްނަމަ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ލިޔުން (މިލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެމަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލު ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

ވަޒީފާއިން އެދޭ ފޯމު ބަލައިގަތުމާއި ދޫކުރުން:

 

ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން 13:30 އަށް މި ހޮސްޕިޓަލުގެ އައު އިމާރާތުގެ 11 ވަނަ ފަންގިފިލާއިން.

ޢިނާޔަތްތައް:

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:30ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

އަދި 2016 ސެޕްޓެންބަރު 8 ވާ ބުރާސްފަތިދުވަހުގެ 13:30ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3335343 އެވެ. ނުވަތަ 3335234 އެވެ.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2016 ވަނަ އަހަރުގެ ސެޕްޓެންބަރުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލްގައި

26 ޛުލްޤަޢިދާ 1437

29 އޮގަސްޓް 2016
ހޯދާ