މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ހެލްތު ޕްރޮޓެކްޝަން އެޖެންސީގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލު މީހުންނެވެ.

މަޤާމު

މަސައްކަތު

ބޭނުންވާ އަދަދު

01

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:އެސް.އެސް 1

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކު އެލަވަންސް

ރިސްކު އެކުލެވޭ މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

ޑިވިޝަން / ސެކްޝަން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ / އިންޓަރނޭޝަނަލް ބޯޑަރ ހެލްތު ޔުނިޓް

ތަޢުލީމާއި ތަޖުރިބާ

ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

  1. މާލޭ ކޮމާޝަލް ހާބަރ (ސީޕޯޓް) އަދި ހުޅުލެ (އެއަރޕޯޓް) ގައި މި އެޖެންސީގެ ދަށުން ހިނގަމުންދާ ބައި ކޮންމެ ދުވަހަކު ސާފުކޮށް، ކުނިއުކާލުމަށް ކުރަންޖެހޭ މަސައްކަތް ނިންމުން.
  2. ހެލްތު ޕްރޮޓެކްޝަން އެޖެންސީން އަތޮޅުތަކަށް ފޮނުވަންޖެހޭ ތަކެއްޗާއި ގެންނަ ތަކެތި މި މަސައްކަތް ހަވާލުވެފައިވާ ސްޕަވައިޒަރުގެ ލަފާގެ މަތިން އަތޮޅުތަކަށް ފޮނުވުމުގައި ކުރަންޖެހޭ މަސައްކަތްކުރުން.
  3. ހެލްތު ޕްރޮޓެކްޝަން އެޖެންސީން ޕްރޮގްރާމްތަކުން ބަލަހައްޓާ ކޮންޓްރާސެޕްޓިވް ބޭސް އަދި ވެކްސިނާ ގުޅޭގޮތުން ގުދަނާއި ކޯލްޑްރޫމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ފަރާތުން ސަރުކާރާއި އަމިއްލަ ތަންތަނަށް ފޯރުކޮށްދޭންޖެހޭ ތަކެތި ސްޕަވައިޒަރުގެ ލަފާގެ މަތިން ގެންދިއުމާއި ގެނައުން.
  5. ކޮންމެ ދުވަހަކު ޕޯޓްތަކުގެ މަސައްކަތް ނިންމުމަށްފަހު، މި އެޖެންސީން އަންގާގޮތެއްގެ މަތިން، ސަޕްލައި ސެކްޝަންގައި ކުރަންޖެހޭ މަސައްކަތްކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި:

2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 13:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތުގެ ކައުންޓަރަށް ފޯމު ހުށަހެޅުން.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ ބިލްޑިންގ) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި 10 ފަރާތެއް ޝޯޓްލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރަން ގުޅުއްވާނެ ނަންބަރަކީ 3014326 އެވެ. ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

25 އޮގަސްޓް 2016
ހޯދާ