ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޭބަލް ގަތުމަށް

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ:

މި އިދާރާގެ ނަންބަރު: B-381/I-2016/38 އިޢުލާނާ ގުޅިގެން ކުޑަހުވަދޫ ރަތްވިލާމަގާއި އުސްގަނޑުމަގުގައި ޖެހުމަށް ހަމަޖެހިފައިވާ ބައްތިދަނޑިތަކަށް ކަރަންޓްލުމަށް ބޭނުންވާ ކޭބަލް ގަތުމަށް ޝަރުޠު ފުރިހަމަވާ 3 ފަރާތުން ކުރިމަތިލާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިއުލާންކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 31 ވާ ބުދަދުވަހުގެ 13:00 އަށް މަލްޓިޕާޕޯސް އިމާރާތުގެ ސެމިނަރރޫމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމަވެ. އަދި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 2016 ސެޕްޓެންބަރު 4 ވަނަ ދުވަހުގެ 13:00 ގައި ކުޑަހުވަދޫ މަލްޓިޕާޕޯސް ޢިމާރާތުގެ ސެމިނަރރޫމުގައެވެ.

  • މަޢުލޫމާތު ނުނަގާ ފަރާތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނޭ ލިޔުމެއް ހުށަހަޅަންވާނެއެވެ.
  • ކޮންމެ ބޭފުޅަކަށް ހުށަހެޅޭނީ 1 އަންދާސީހިސާބެވެ.
  • މަސައްކަތް ހަވާލުކުރެވޭނީ، އިވެލުއޭޝަން ކޮމެޓީއަކުން ބިޑްތައް އިވެލުއޭޓްކުރުމަށް ފަހުގައެވެ.
  • ބިޑްތައް އިވެލުއޭޓް ކުރުމުގައި މާކްސް ދެވޭނީ ތިރީގައިވާ ކަންކަމަށެވެ.

މަސައްކަތުގެ ޖުމުލަ އަގު

60%

މުއްދަތު

20%

މާލީގޮތުން އެކަން ކުރެވޭފަދަ ފެންވަރު ހުރުން

10%

އިތުރު މަޢުލޫމާތު މަޢުލޫމާތު ކަރުދާހުގައި ހިމަނާފައިވާނެއެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

24 އޮގަސްޓް 2016
ހޯދާ