ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ޓެބްލެޓް ޕީ.ސީ (މައިކްރޯސޮފްޓް ވިންޑޯސް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު:

ދިވެހިރާއްޖޭގެ ހައިކޯޓަށް 6 ޓެބްލެޓް ޕީ.ސީ (މައިކްރޯސޮފްޓް ވިންޑޯސް) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށްޓަކައި ކުރި ނަންބަރު: (IUL)95-PM/1/2016/58 (1 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ 3 ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 11:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުން އެދެމެވެ.

މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މި ކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/63_bid_info._sheet_-_tablet_pc.pdf އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.              

22 ޛުލްޤަޢިދާ 1437

25 އޮގަސްޓް 2016
ހޯދާ