ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކަފެނާ ލޯންޗުގެ ޕެޓްރޯލް ޓޭންކް އަލުން ހެދުމާއި، ލޯންޗުގެ ދެފަރާތުގެ ތަރަފާލު، ޝީޓުތައް ބަދަލުކުރަން

އިޢުލާން

އަންދާސީހިސާބު ބޭނުންވެއްޖެ

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގެ ކަފެނާ ލޯންޗުގެ ޕެޓްރޯލް ޓޭންކް އަލުން ހެދުމާއި، ލޯންޗުގެ ދެފަރާތުގެ ތަރަފާލު، ޝީޓުތައް ބަދަލުކުރަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ގދ.އަތޮޅު ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ގދ.އަތޮޅު ކައުންސިލުގެ އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި، ހުށަހަޅުއްވާ އަންދާސީހިސާބު ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

މައުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 30 ވަނަ ދުވަހުގެ 11:00 އަށް

7 ސެޕްޓެންބަރު 2016 ވަނަ ދުވަހުގެ 11:00 އަށް

އަދި، ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

20 ޛުލްޤަޢިދާ 1437

23 އޮގަސްޓް 2016
ހޯދާ