ދިވެހިރާއްޖެ
އިޢުލާނު
އަންދާސީހިސާބު ބޭނުންވެއްޖެ
މި ކޮމިޝަނުގެ އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ދެންނެވިފައިވާ ތަކެތި ހޯދަން ބޭނުންވެއެވެ.
# |
ޚިދުމަތް |
މަޢުލޫމާތު ދިނުން |
އަންދާސީހިސާބު ހުށަހެޅުން |
ތާރީޚު |
ތާރީޚު |
||
1 |
ޕްލާސްޓިކް ކޮތަޅު ތައްޔާރުކުރާ ރޯލް |
04 ސެޕްޓެންބަރު 2016، އާދީއްތަ 11:00
|
18 ސެޕްޓެންބަރު 2016، ބުރާސްފަތި 11:00 |
2 |
ކޯޑެން ޓޭޕް |
||
3 |
ކޮރަގޭޓަޑް ޕްލާސްޓިކް ފޮށި |
||
4 |
ކޮރަގޭޓަޑް ޕްލާސްޓިކް ޓޭބަލް ޓޮޕް ވޯޓިންގ ބޫތު |
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ތާވަލުގައިވާ ގޮތުގެމަތިން ކޮމިޝަނުގެ އިދާރާއަށް ވަޑައިގެން، މަޢުލޫމާތު ސާފުކުރުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމަށް ހާޒިރުނުވާ ފަރާތްތަކާއި، އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑިޖެހުމުގެ ފަހުން، ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެއެވެ.
ނޯޓު:
- މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރުމުގެ އިޚުތިޔާރު އިލެކްޝަންސް ކޮމިޝަނުގެ އިދާރާއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ބާޠިލުކުރަން ޖެހިއްޖެ ހާލަތެއް މެދުވެރިވެއްޖެނަމަ، އަންދާސީހިސާބު ބާޠިލުކުރުމުގެ އިޚުތިޔާރު ކޮމިޝަނަށް ލިބިގެންވެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރުމަށް ބޭނުންވާނަމަ، ގުޅުއްވާނީ 3004428 / 3004444 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] އަށެވެ.
25 ޛުލްޤަޢިދާ 1437