ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ސޭން އަދި ބެކަޕް ސާވަރއެއް ސަޕްލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ފާރާތެއް ހޯދަން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ ހައިކޯޓަށް ސޭން އަދި ބެކަޕް ސާވަރއެއް ސަޕްލައިކޮށްދީ އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު: (IUL)95-PM/1/2016/61 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 4 ވާ އާދީއްތަދުވަހުގެ 10:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ.

މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް http://www.highcourt.gov.mv/dhi/mediamanager/65_bid_info._sheet_-_san_&_backup_server.pdf އިންލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

25 ޛުލްޤަޢިދާ 1437

28 އޮގަސްޓް 2016
ހޯދާ