ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
ބައެއް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ ހައިކޯޓުގައި ތިރީގައި މިދަންނަވާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: (IUL)95-PM/1/2016/60 (11 އޮގަސްޓު 2016) އިޢުލާނާ ގުޅިގެން ޝަރުޠު ހަމަވާ 3 ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، ދެވަނަ ފަހަރަށް އަލުން އިޢުލާންކުރަމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2016 ސެޕްޓެންބަރު 1 ވާ ބުރާސްފަތިދުވަހުގެ 10:00 އަށް ހައިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 6 ވާ އަންގާރަދުވަހުގެ 10:00 އަށް އަންދާސީހިސާބު (ބިޑިންގ ޑޮކިއުމެންޓްސްގައި ބަޔާންކުރެވިފައިވާ މަޢުލޫމާތާއެކު) ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑިތަކުގައި މިކޯޓުގެ މީޓިންގރޫމް 1 ގައެވެ.

- ހައިކޯޓުގެ ފަނޑިޔާރުންގެ ބްރީފިންގރޫމުގެ ބެލްކަނި ހިޔާކޮށް ދިޔަދޮވި ހަރުކޮށް ފެންހޮޅިތައް ގުޅައިދިނުން.

- ހައިކޯޓުގެ ފަސްޓްފްލޯރއަށް އަރާ ސިޑިއާ ދިމާގައި ސެކިއުރިޓީ ފެންސެއް ޖަހައިދިނުން.

- ހައިކޯޓުގެ ދެވަނަ ފަންގިފިލާއަށް އަރާ ސިޑިކައިރީގައި ޕާޓިޝަން ޖެހުން

21 ޛުލްޤަޢިދާ 1437

24 އޮގަސްޓް 2016
ހޯދާ