މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
މިމިނިސްޓްރީގެ ރޯޝަނީ ބިލްޑިންގ، ހެލްތު ސަޕްލައިސް ހިންގަމުންދާ ޢިމާރާތް، މޯލްޑިއަން ބްލަޑް ސާރވިސަސް ހިންގަމުންދާ ޢިމާރާތް އަދި ދަމަނަވެށީގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކާއި ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމްތައް 1 އަހަރުދުވަހަށް ސާރވިސްކޮށް ބަލަހައްޓާދޭނެ ފަރާތެއް ބޭނުންވެއްޖެ

އިޢުލާން

މި މިނިސްޓްރީގެ ރޯޝަނީ ބިލްޑިންގ، ހެލްތު ސަޕްލައިސް ހިންގަމުންދާ ޢިމާރާތް، މޯލްޑިއަން ބްލަޑް ސާރވިސަސް ހިންގަމުންދާ ޢިމާރާތް އަދި ދަމަނަވެށީގައި ހަރުކޮށްފައިވާ އެއަރކޮންޑިޝަންތަކާއި ރެފްރިޖިރޭޓަރތަކާއި ކޯލްޑްރޫމްތައް 1 އަހަރުދުވަހަށް ސާރވިސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 އޮގަސްޓު 30 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) 7 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2016 ސެޕްޓެންބަރު 5 ވާ ހޯމަ ދުވަހު ހެނދުނު 11:00 އަށް މި މިނިސްޓްރީގެ 7 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. 

28 އޮގަސްޓް 2016
ހޯދާ