ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސް.ޓީ.އޯ ހދ.ކުޅުދުއްފުށި ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލްކުރުމާއި އަދި އާފްޓަރ ސޭލްސް ސަރވިސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

އިޢުލާން

އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން އިންސްޓޯލްކުރުމާއި އަދި އާފްޓަރ ސޭލްސް ސަރވިސް ދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައިން ވިއްކާ އެއަރކޮންޑިޝަން 2 އަހަރުދުވަހުގެ މުއްދަތަށް އިންސްޓޯލްކުރުމާއި އަދި އާފްޓަރ ސޭލްސް ސަރވިސް ދިނުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. ވީމާ، މި ބާވާތުގެ މަސައްކަތްކުރުމުގެ ފަންނީ އަދި ޢަމަލީ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.

މަސައްކަތުގެ ވެރިފަރާތް: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ 

ރަޖިސްޓަރީކުރުންރަޖިސްޓަރީ ކުރައްވަން ބޭނުންފުޅުވެލައްވާ ބޭފުޅުން 2016 ސެޕްޓެންބަރު 4 ވަނަ ދުވަހު 09:00 ގެ ކުރިން އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައަށް ދުރުވެ ރަޖިސްޓަރީ ކުރައްވަންވާނެއެވެ. 

ބީލަންކަރުދާސް ދޫކުރުން: ރަޖިސްޓަރީ ކުރަައްވާފައިވާ ފަރާތްތަކަށް ބީލަންކަރުދާސް ދޫކުރާނީ 2016 ސެޕްޓެންބަރު 4 ވަނަ ދުވަސް ނިމުމުގެ ކުރިން އީމެއިލުންނެވެ. 

މަޢުލޫމާތު ދިނުން: ރަޖިސްޓަރީ ކުރައްވާފައިވާ ފަރާތްތަކަށް 2016 ސެޕްޓެންބަރު 5 ވަނަ ދުވަހު 14:00 ގައި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައިގައި އޮންނާނެއެވެ. 

ސުވާލާއި ޖަވާބުރަޖިސްޓަރީ ކުރެއްވުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2016 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 10:00  ގެ ކުރިން އީމެއިލް މެދުވެރިކޮށް ފޮނުއްވަންވާނެއެވެ. އަދި 2016 ސެޕްޓެންބަރު 20 ވަނަ ދުވަހުގެ ކުރިން ޖަވާބުދާރީވެވޭނެއެވެ. 

ބީލަންކަރުދާސްބީލަންކަރުދާސް ހުޅުވުން އޮންނާނީ 2016 ސެޕްޓެންބަރު 25 ވަނަ ދުވަހު 14:00 ގައި އެސް.ޓީ.އޯ ހދ.ކުޅުދުއްފުށީ ފިހާރައިގައެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ:

ފޯނު: 3344196, 3344321

ފެކްސްް: 3344633

އީމެއިލް: [email protected]

25 އޮގަސްޓް 2016
ހޯދާ